twitterviber whatsapp telegramfacebookyoutube instagram
17th October 2019

ޓޮޕް އެޗީވާރސް އެވޯޑްގެ އެކްސްކުލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި

May 5, 2016

ނޭޝަނަލް ހައި އެޗީވާރސް އެވޯޑްގެ އެކްސްކުލޫޝިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އޭލެވެލް އިމްތިހާނުން ގަދަ 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކަމިޔާބީ ފާހަގަކުރުމަށް ގޮތުން ބާއްވާ މި އެވޯޑްގެ އެކްސްކުލޫސިވް ސްޕޮންސާރ އެއްގެ ގޮތުގައި ދިރާގު ހަމަޖައްސާފައި ވަނީ އިއްޔެ ދިރާގު ހެޓް އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ. އެގޮތުން މި އެވޯޑްގެ އެކްސްކުލޫސިވް ސްޕޮންސަރ ކުރިއަށް އޮތް 3 އަހަރު ދުވަހު ދިރާގަށް ދިނުމަށް އިއްޔެ ވަނީ އެއްބަސް ވުމުގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ސީއީއޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދާއި، ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް، އިސްމާއިލް އިބްރާހިމެވެ.

މި އެވޯޑް ހަފްލާގައި ދިރާގުން ބައިވެރިވުމުގެ އެންމެ ބޮޑު ސަބަބަކީ ތައުލީމާއި ޒުވާނުންނަށް ދިރާގުން ދޭ އެންމެ ބޮޑު އަހަންމިއްޔަތު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހަރަކާތްތަކުގައި ދިރާގުން ބައިވެރި ވުމަކީ އަމާޒެއްކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ. ހަމަ އެހެންމެ ތައުލީމީ ދާއިރާއާއި، ޒުވާނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިންވެސް ބޮޑު ސަމާލުކަމެއް ދޭ ދެ ދާއިރާއެއް ކަމަށްވެސް ދިރަގުން މައުލޫމަތު ދެއެވެ.

ޥޭތުވެދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 2120 ދަރިވަރަކު ބައިވެރިވެފައިވާއިރު 228 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ. މީގެ ތެރެއިން 28 ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ‘އޭ’ ފާސް ހޯދި ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355