twitterviber whatsapp telegramfacebookyoutube instagram
16th July 2019

އޮފީސް އުފާވެރި މާހައުލަކަށް ހަދާނީ ކިހިނެތް؟

Jun 9, 2016

މަސައްކަތުގެ މާހައުލަކީ ސްޓްރެސް ނުވެ ނުދާނެ މާހައުލެކެވެ. ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން އެކި މީހުންނަށް އެކަން އިހްސާސް ވާނީ އެކި މިންވަރަށެވެ. ބައެއް މީހުންނަކީ ވަޒީފާގެ މައިދާނުގައި ވަރަށް އަވަހަށް ކުރިއަރައިގެން ދާން ބޭނުންވާ މީހުންނެވެ. އެމީހުންގެ ނަޒަރުގައި “އުފާވެރިކަމަކީ” މަޝްހޫރު ވުމާއި، ކާމިޔާބީއާއި، ފައިސާއިން ނެވެ. އެފަދަ މީހުންގެ ޓާގެޓަކަށް ވާނީ ހަމަ އެކަނި “ކުރިއެރުމެވެ”. މި އަޒުމްގައި ގިނަ ފަހަރަށް ވަޒީފާގެ މާހައުލުގައި އެކުވެރިކަން ގާއިމް ނުކުރެވި އެކަނިވެރި މީހެއްގޮތުގައި ލޭބަލް ކުރެވޭތަން އާދެއެވެ.

އުފާވެރި ކަމަށް ވާނީހަމަ އެކަނި ފައިސާ އަކުން ނޫނެވެ. މަސައްކަތުގެ މާހައުލުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ޔަގީނުންވެސް ހާސްކަމާ ދުރުކޮށްދޭނެ ކަމެކެވެ. މަސައްކަތުގެ މާހައުލުގެ ތެރޭގައި ކޮންމެ މީހެއްގެ އުސޫލުވެސް ތަފާތު ވާނެއެވެ. ނަމަވެސް އެކުގައި މަސައްކަތް ނުކުރުމާއި އެހެންމީހުންނަށް އަމުރުކުރުން އަދި ކަންފަސޭހަކަމާއި ފަރުވާކުޑަކުރުން އެއީ އުސޫލުގެ ތެރޭގައި ހިމަނައިގެން ނުވާނެ ކަންކަމެވެ.

އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރާށެވެ. އެކުވެރިކަމާއި، އެކުގައި ކުރާ މަސައްކަތެއްނަމަ އެއީ އުފެންދުންތެރި މަސައްކަތަކަށްވާނެ އެވެ. ހިތްހަމަޖެހިގެން އެމަސައްކަތާ ގަޔާވެގެން ކުރެވޭނީވެސް އިތުރު ބައެއްގެ އެހީތެރިކަމާއި އެކުކަން ޔަގީނެވެ.

އެހެންނަމަވެސް އޭގެ މާނައަކީ ދެން ތިބޭމީހުން ބުނާހާ ގޮތަަކަށް ކަން ކުރާށެކޭ ނޫނެވެ. ތިމާގެ ހިޔާލުވެސް ހުށައަޅާށެވެ. ވާހަކަ ދައްކާށެވެ. ހިތްހަމަ ނުޖެހޭ ނުވަތަ ހިޔާލު ތަފާތުވާ ކަންކަމުގައިވެސް މަޝްވަރާކުރާށެވެ.

ކަސްޓަމަރުންނަށް “ފޭސް ޓު ފޭސް” ކޮށް ހިދުމަތް ދޭން ޖެހޭތަނެއްނަމަވެސް ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. ކަސްޓަމަރުން ބަލައިގަންނަ މިހަކަށް ވެވޭނީ އެކުވެރިކަމާއެކު ހިދުމަތް ދިނުމުންނެވެ. މަސައްކަތައް އެކަށީގެންވާ މީހަކަށް ވެވޭނީ އެފަދަ މީހަކަށް ވާން މަސައްކަތް ކުރުމުންނެވެ. އެކުގައި މަސައްކަތް ކުރާމީހުންނާއި ގުޅިގެން މަސައްކަތް ކުރާނަމަ ޔަގީނުންވެސް ތިއީ ވަޒީފާގެ މާހައުލުގައި އުފާވެރި މީހަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355