twitterviber whatsapp telegramfacebookyoutube instagram
16th July 2019

ފްރާންސްގެ ރައްޔިތަކު ކުކުޅަކާއި އެކު ދުނިޔެ ވަށައި ބުރެއް ޖަހަނީ

Jun 15, 2016

ފިނި މޫސުމާއި ހޫނު މޫސުމުގައި ދުނިޔެ ވަށާ ބުރުޖަހުމުން ދިޔަ 24 އަހަރުގެ ގީރެކް ސޮއުޑީ މިހާރު ދަތުރު ކުރާތާ 2 އަހަރުވީ އެވެ. ދަތުރު ކުރަނީ ބައިވެރިއަކުވެސް ގޮވައިގެންނެވެ. ގީރެކް ސޮއުޑީގެ ބައިވެރިޔަކީ އަދައިގެ ބައިވެރިއެއް ނޫނެވެ. މިފަހަރު ބައިވެރިޔަކަށް ހޮވާފައި މިވަނީ މޮނިކުގެ ނަންދީފައިވާ ކުކުޅެ ކެވެ.

ފުރާންސްގެ ބުރިޓަނީ އަށް އުފަން ގީރެކް އަދި މޮނިކު ދުނިޔެވަށާއި ބުރުޖަހަން ނިކުމެފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުއެވެ.

ކެނަރީގެ ރަށްތަކުން ދަތުރު ފަށައިގެން މިދިޔަ އޮގަސްޓް މަހު އާކްޓިކްއަށް ދިއުމުގެ ކުރިން ސްޕެއިން އާއި ހުޅަނގު އެފްރިކާ ކައިރިން ގުއިރެކް ވަނީ ދަތުރުކޮށްފަ އެވެ.

ގީރެކް ބޭނުންވީ ގެންގުޅޭނެ ޕެޓް އެއް ގެންދަން ށެވެ. އެކަމަކު ކުކުޅެއް ގެންދަން ނުވިސްނާކަމަށް ގުއިރެކް ބީބީސީއާ ވާހަކަ ދައްކަމުން ބުންޏެވެ.  އަދި ގީރެކް ވިސްނައިގެން ހުރީ ބުޅަލެއް ގެންދަންކަމަށެވެ. ނަމަވެސް ބުޅާ ބަލަން އުނދަގޫ ވާނެތީ އެ ހިޔާލު ދޫކޮށްލީ ކަމަށެވެ.

ހަމަ އެންމެ ރަނގަޅު ޗޮއިސް އަކަށް ފެނުނީ ކުކުޅެއް ގެންދަން ށެވެ. އެއީ ކުކުޅު އެހާ ބޮޑަށް ބަލަން ނުޖެހޭނެތީ އާއިއެކު އަދި ކުކުޅުން ކަނޑުމަތީގައި އުޅޭއިރު ބިސް ލިބޭނެތީއެވެ. މީހުން ބުނި ކުކުޅެ ގެންދިޔުމަކީ އެހާ ރަނގަޅު ކަމެށް ނޫން ކަމަށާއި ކުކުޅު ކަނޑުމަތީގައި ބިހެއް ނާޅާނެ ކަމަށް މީހުން ބުނި ކަމަށެވެ. އެކަމަކު މޮނިކު އެއްވެސް މައްސަލައެއް ނެތި ކަނޑުމަތީގައި ބިސް އަޅަ އެވެ. އަދި ވަރަށް އަވަހަށް މާހައުލްއާ ގުޅުނު ކަމަށް ބީބީސީއާއި ވާހަކަ ދައްކަމުން ގީނިކް ބުންޏެވެ.

ހަފްތާއެއްގެ މައްޗަށް 6 ބިސް މޮނިކު އަޅާކަމަށް ވެއެވެ. އަދި ފިނި މޫސުމުގައި 3 މަސް ވަންދެން ގުރީންލޭންޑްގައި ހުރިއިރުވެސް ގަވައިދުން ބިސް އަޅާކަމަށްވެއެވެ.

ކަނޑުގައި އުޅުން އިރު ގިނަ ވަގުތު ބޭނުންތާކު އުޅުމުގެ މިނިވަންކަން މޮނިކުއަށް އޮވެއެވެ. ނަމަވެސް ގީރެކް މޫސުން ގޯސްވެއްޖެނަމަ މޮނިކްގެ ކޮށްޓަށްލަ އެވެ. ގީރެކު ބުނާގޮތުން ފުރަތަމަ އޭނާ ވަރަށް ކަން ބޮޑުވިއެވެ. އެއީ ބޮޑެތި ރާޅުގެ ސަބަބުން މޮނިކް  އަރި އަޅާލާފައި ވެއްޓިދާނެތީ އެވެ. މޮނިކް ވަރަށް ހިތްވަރުގަދަ އެވެ. ނަމަވެސްު ވައިގަދަ ވުމުގެ ސަބަބުން ގުއިރެކް ހުންނަނީ ވަރަށް ވިސްނަައިގެން ނެވެ.

އަހަރެންނަކީ ވަރަށް ޕޮސިޓިވްކޮށް ވިސްނާ މީހެކެވެ. އެހެންވެ އެހާ ހާހެއް ނުވޭ މޮނިކުއަށް މިދަތުރުގައި ގޮތެއް ވެދާނެތީއެއް އަދި މި ދަތުރުގައި އެހެން މީހެއް ގެނައިނަމަ ހިޔެއްނުވޭ މިހާ ހިތްހަމަ ޖެހިގެން ދަތުރު ކުރެވޭނެ ހެން ނެވެ.  މޮނިކު ނުކުރޭ އެއްވެސް ޝަކުވާއެއް އެހެންވެ ވަރަށް ފަސޭހަ އެވެ. މޮނިކު އަހަރެން ދާތާކަށް ދެއެވެ. އަހަރެން މޮނިކުއޭ ކިޔާފައި ގޮވާލުމުން ކޮންމެ ތާކު ހުރެފައިވެސް އަންނާނެއެވެ.

އާކްޓިކު މަގުން ދެންދާނީ ބެރިން ސްޓްރައިޓް ކައިރިން ލައިފަ އަލަސްކާގެ ނޯމް އަށެވެ. އެތަނުން ދާނެތަނެއް އަދި ވަކި ނޭނގެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355