twitterviber whatsapp telegramfacebookyoutube instagram
16th July 2019

ޝޭމްޕޫ ފަދަ ތަކެތި ހަރުނުލާގޮތަށް ފުޅި ތައްޔާރުކުރާނެގޮތް ހޯދައިފި

Jul 9, 2016

ދުނިޔޭގައި ދެވައްތަރެއްގެ މީހުންއުޅެ އެވެ. ބައެއް މީހުންނަކީ ޝޭމްޕޫ ފުޅި ހުސްނުވަނީހުން އެއްލާލާ މީހުން ނެވެ. އަނެއްބައި މީހުންނަކީ ޝޭމްޕޫ ފުޅި ހުސްވަންދެން ފާރުގައި ތަޅައިގެން ނުވަތަ ޝޭމްޕޫ ފުޅިއަށް ފެން އަޅައިގެން އެ ފުޅި ހުސްކުރާ މީހުން ނެވެ. މިފަދަ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ.

އޯމޯއާއި ސައިބޯނި އަދި ޝޭމްޕޫ ފަދަ ތަކެތި ފުޅީގައި ހަރުނުލާގޮތަށް ފުޅި ހަދާނެ ގޮތެއް އޮހިއޯ ސްޓޭޓް ޔުނިވާރސިޓީގެ ނެނޯ ޓެކް ރިސަރޗަރުން ހޯދައިފިއެވެ.

އެމީހުންގެ މިކަން ކުރަން ނިންމާފައިވަނީ ފުޅީގެ ތެރޭގައި ކުދި ހިތް ބައްޓަމަށް ހުންނަ ސްޕީޑް ބަންޕްތަކެއް ހަދައިގެންނެވެ. މި ސްޕީޑް ބަންޕުތަކުގެ ސަބަބުން ފުޅީގައި ހުންނަ ދިޔާ ތަކެތި ފުޅީގައި ހަރެއް ނުލާނެއެވެ. އަދި ފައިސޭހައިން ފައިބާނެއެވެ.

ނެނޯޓެކް ލެބްގެ ޑައިރެކްޓަރ ބަރަތް ބުޝާން ބުނާ ބުނިގޮތުގައި އަހަރެމެން މިހާރު މިވަނީ ޕްރޮސެސް އެއް އުފައްދައި ހުށަހަޅާފައި އެވެ. އަދި އަހަރެމެން އުންމީދު ކުރަނީ ފުޅި އުފައްދައި ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް މީގެ ފުޅި އުފެއްދާނެ ކަމަށެވެ. އިތުރަށް އޭނާ ބުނިގޮތުގައި މިކަހަލަ އުފެއްދުމެއް އުފެއްދުމަކީ އެކެއް ނުވަތަ ތިން އަހަރު އެކަމަށް ނަގާކަމެކެވެ.

މި ޕްރޮޖެކްޓް ހެދުމަށް އެންމެ ފުރަތަމަ ހިޔާލު ދިނީ ކޮމާޝިއަލް ޝޭމްޕޫ އުފައްދާ ފަރާތަކުން ކަމަށްވެއެވެ. ނަމަވެސް އެކުންފުނިން ފަންޑް ކޮށްދީފައެއް ނުވެއެވެ.

ބުޝާން ގަބޫލުކުރާ ގޮތުގައި އޭނާ އާއި އޭނާގެ ޓީމުން މި ހައްލުކުރަނީ ފަސްޓް ވޯލްޑް ޕްރޮބްލަމް އެވެ. ނަމަވެސް ފުޅި އުފައްދާ ފަރާތްތަކުން އިސްކަންދެނީ އެމީހުންގެ އުފެއްދުންތައް ބޭކާރު ވިޔަ ނުދިޔުމަށެވެ.

މީގެ ފުޅީގެ އަނެއް ފައިދާއަކީ ފުޅި ރީސައިކަލް ކުރެވުމެވެ. ޝޭމްޕޫ ފުޅި ހަދާފައި ހުންނަނީ އާންމު ވައްތަރެއްގެ ޕްލާސްޓިކަކުން ނެވެ. މި ޕްލާސްޓިކަކީ ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ފަހަރު ރީސައިކަލް ކުރެވިފައިވާ އެއްޗެކެވެ. ޕްލާސްޓިކަކީ ވަރަށް ރަނގަޅަށް ދޮވެ ސާފުކޮށްގެން ރީސައިކަލްކުރެވޭ އެއްޗެކެވެ. އެހެން ކަމުން މިފަދަ އެފެއްދުމެއްގެ ސަބަބުން މީހުންނަށް ފުޅި ދޮންނަން އެހާ ބުރަ މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. މީގެ ސަބަބުން ފުޅިތައް ރީސައިކަލް ކުރާ އަދަދު އިތުރުވުވަމަކީ އެކަށީގެންވާކަމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355