twitterviber whatsapp telegramfacebookyoutube instagram
19th September 2019

ގުޅުން ބަދަހި ކުރުމަށް ދެމީހުން ދޭތެރޭ ޖެހޭ މައްސަލަ ހައްލުކުރުން މުހިއްމު

Jul 27, 2016

ޒުވާބުކުރުމާއި ރުޅިއައުން އެއީ ކޮންމެ ގުޅުމެއްގައި ވެސް އޮންނަ ކަމެކެވެ. އެއީ ރައްޓެހިންގެ މެދުގައި ވިޔަސް، ތިމާގެ މީހުންގެ މެދުގައިވިޔަސް ނޫނީ ދެމަފިރިންގެ މެދުގައިވިޔަސް އަރާރުންވުން އޮވެއެވެ.

ރިލޭޝަންޝިޕް އެކްސްޕާޓުން ބުނާގޮތުގައި ޒުވާބުކުރުމާއި ރުޅިއައުމުން ޖެހޭ މައްސަލަ ހައްލު ކުރުމުން ގުޅުން ވަރުގަދަވާކަމަށެވެ. މައްސަލަ ޖެހި އެކަން ހައްލުކުރުން އެއީ ގުޅުން ބަދަހިވާކަމެއް ކަމުގައި އެކްސްޕާޓުން ބުނެއެވެ.

މައްސަލަޖެހުމުން މައްސަލަހައްލު ކުރާށެވެ. ނަމަވެސް މައްސަލަ ހައްލުކުރަން ބޭނުންނުވާތީ ބައެއް މީހުން ކޮންމެސް އެއްކޮޅަކަށް ދޫދީފައި އެ މަސައްލަ ނިންމާލައެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކަށް ވަނީ ގިނަ ދުވަސް ވީވަރަކަށް އިތުރު މައްސަލަތައް ޖެހި މައްސަލަ ހައްލު ނުކުރެވި ގުޅުން ކެނޑިގެން ދިއުމެވެ.

މައްސަލަ ހައްލުކުރަން އަވަސްވެ ނުގަންނާށެވެ. ގިނަ ފަހަރަށް ދެމީހުންގެ ތެރެއިން އެކަކީ ވަރަށް އަވަހަށް ރުޅިއަންނަ މީހުންނެވެ. މިފަދަ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އޭނާގެ ރުޅި މަޑުވަންދެން ޖެހުން މައްސަލައިގެ ވާހަކަ ނުދެއްކުމެވެ.

ވަރަށް ގިނަމީހުންނަށް ކުރެވޭ ގޯސްކަމަކީ މައްސަލަ ޖެހެން މެދުވެރިވި ކަންތަކާއި ވިސްނުމެވެ. އަދި މިކަމުގެ ސަބަބުން ޒުވާބުކުރުން އިތުރުވެގެންދެއެވެ. އަބަދު މައްސަލަ ޖެހެން މެދުވެރިވާ ސަބަބަށް ވިސްނުމުން ދެމީހުންގެ ދޭތެރޭ މިސްއަންޑަސްޓޭންޑިން އިތުރުވެއެވެ.

އަބަދުވެސް ވިސްނަންވީކަމަކީ ދެމީހުން ދޭތެރޭ ޖެހޭ މައްސަލަ އިތުރުވިޔަ ނުދީ މައްސަލަ ހައްލުކުރުމެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ވަރުގަދަ ވެގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355