twitterviber whatsapp telegramfacebookyoutube instagram
16th July 2019

ލޯކައިރި ކަޅުވުން ހުއްޓުވުމަށް މިއޮތީ ފަސޭހަ ގޮތެއް

Sep 29, 2016

ރަނގަޅަށް ނިދި ނުލިބުމުން ނުވަަތަ ބަލި ވުމުންވެސް ލޯކައިރު ކަޅުވާގޮތް ދިމާވެ އެވެ. އަދި މިއީ ރީތިކަން ފަޑުކޮށްލާ ކަމެއްކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކަށް ވަނީ ލޯކައިރު ކަޅުވުން ހުއްޓުވަން ނުވަތަ އެކަމުން ސަލާމަތްވާ ހަދަން ވީ ގޮތެއް ގިނަ ބަޔަކަށް ނޭނގުމެވެ. ހާސް ނުވާށެވެ. މިއޮތީ އެކަމަށް ފަސޭހަ ގޮތެކެވެ.

ކިއުކަންބާ

ކިއުކަންބާއަކީ ގިނަ ބަަޔަކު އެކި ކަންކަމަށް ބޭނުންކުރާ ތަރުކާރީއެކެވެ. ހާއްސަކޮށް ހަންގަނޑު ރީތި ކުރުމަށް ކިއުކަންބާއަކީ އެއްވަނަ އެވެ. އެގޮތުން ލޯކައިރި ކަޅުވުމުން ދުރުކުރުމަށް ވެސް މިއީ އެއްވަނަ އެވެ. ފުތަރަމަ ތަޒާ ދެ ފޮތި ކިއުކަންބާ ދޮޅު ގަނޑިއިރު ވަންދެން ފުރިޖްގައި ބާއްވާ ފިނިކޮށްލާށެވެ. އެއަށްފަހު ލޯމަތީގައި ކިއުކަންބާ ފޮތި 10 މިނެޓް ވަންދެން ބާއްވާލާށެވެ. މިގޮތަށް ތަކުރާރުކޮށް ހަފްތާއެއް ވަންދެން ދުވާލަކު 1 ފަހަރު ބޭނުން ކުުރުމުން ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ.

އަލުވި

ފަގިނަ ބަޔަކަށް ނޭނގި އޮވެދާނެ ކަމެކެވެ. ރޯ އަލުވި މިއީވެސް ހަންގަނޑު ރީތި ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ހަމަ އެކަނި ލޯކައިރި ކަޅުވުމުން އެކަންޏެއް ނޫނެވެ. އުޅަބޯށި، ކަކޫ ފަދަ ތަންތަން ކަޅުވުމުން ދުރުކުރުމަށްވެސް އަލުވި ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ކިއުކަންބާވެސް ބޭނުން ކުރާގޮތަށް އަލުވި ފޮތިވެސް ލޯމަތީގައި 10- 15 މިނެޓް ވަންދެން ބޭއްވުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ލޯކައިރި ފުއްޕާފައި ހުންނަ މީހުންނަށްވެސް މިއީ ރަނގަޅު ފަރުވާއެކެވެ.

ލުނބޯ ހުތް

ލުނބޯ ހުތް މިއީ މިހާރުވެސް ގިނަބަޔަކު ބޭނުންކުރާ ބާވަަތަކަށް ވެދާނެ އެވެ. ހާއްސަކޮށް ލުނބޯ ހުތުގައި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭތީ ނަތީޖާ ފެންނަލެއް އަވަހެވެ. ލުނބޯ ހުތް ކުޑަ ކަފަކޮޅަކުން ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި ހާކާލާށެވެ. ގާތްގަނޑަކަށް 10 މިނެޓް މަޑުކޮށްލުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355