twitterviber whatsapp telegramfacebookyoutube instagram
17th July 2019

ގިނައިން ފޮތް ކިޔާ މީހުންގެ އުމުރު ދިގު

Aug 17, 2016

ޔޭލް ޔުނިވާސިޓީއިން ހެދި ދިރާސާ އަކުން އެނގޭ ގޮތުގައި ފޮތް ކިޔާ މީހުންގެ އުމުރުގެ 20 ޕަސެންޓް ފޮތް ކިޔުން މަދު މީހުންނަށް ވުރެ އިތުރެވެ. މިއީ 12 އަހަރު ވަންދެން ކުރި ދިރާސާ އެކެވެ.

މި އީ 3635 މީހުން ނަގާގެން ހެދި ދިރާސާއެކެވެ. މި މީހުންވަނީ ތިން ގުރޫޕަކަށް ބަހާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުސް 50 އަހަރުން މަތީގެ މީހުންނެވެ. ބަހާލާފައިވާ ތިން ގުރޫޕަކީ ހަފްތާ އަކު 3.5 ގަޑި އިރު ފޮތް ކިޔާ މީހުންނާއި މިއަށް ވުރެން ގިނައިން ފޮތް ކިޔާ މީހުންނާއި އަދި އެއްގޮތަކަށްވެސް ފޮތް ނުކިޔާ މީހުންނެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ފޮތް ނުކިޔާ މީހުންނަށް ވުރެން ފޮތް ކިޔާ މީހުންގެ އުމުރު 2 އަހަރަށް ދިގެވެ.

ތައުލީމީ ފެންވަރާއި އާމަދަނީ އަދި ސިއްހަތަށް ބަލާއިރު ހަފްތާއަކު 3.5 ގަޑި އިރަށް ވުރެން ގިނައިންް ފޮތް ކިޔާ މިީހުން ކުރި ދިރާސާގެ 12 އަހަރު ތެރޭ މަރުވުމަށް އޮތް ފުރުސަތު ފޮތް ނުކިޔާ މީހުންނަށް ވުރެން 23 ޕަސެންޓް ދަށެވެ. ކޮންމެ ދުވަހަކު ބައި ގަޑި އިރު ފޮތް ކިޔާ މީހުން ނުވަތަ ހަފްތާ އަކު 3.5 ގަޑި އިރު ފޮތް ކިޔާ މީހުން އުޅެނީ 17 ޕަސެންޓުގައެވެ.

ފަހަކަށް އައިސް ފޮތް ގަންނަ މީހުން އަންނަނީ ގިނަވަމުންނެވެ. 2015 ވަނަ އަހަރު މަދުވެގެން 652 މިލިއަން ޕްރިންޓް އަދި އީ ބުކްސް ވަނީ އެމެރިކާ ގައި ވިކިފައެވެ. އެހެން ސާވޭ އަކުން ދައްކާ ގޮތުގައި އެމެރިކާގައި 80 ޕަސެންޓްގެ ޒުވާނުން މިދިއަ އަހަރު ވަނީ ފޮތެއް ކިޔާފައެވެ.

ނަމަވެސް ނޫސް ކިޔުމަކުން އުމުރު ދިގު ނުވާކަމަށް ޔޭލް ގެ ރިސާޗަރުން ބުނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355