twitterviber whatsapp telegramfacebookyoutube instagram
19th September 2019

ހިތްދަތިވުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދޭ!

Aug 22, 2017

ހިތުގައި ޖެހި ދެރަވާކަމެއް ދިމާވުމުން މުޅި މިހާ އޮފްކޮށްލައެވެ. ހަމައެކަނި ބޭރުފުށަކުން ނޫނެވެ. ހިތްދަތި ވުމުން ހޯމޯންސްތަކަށް ބޮޑެތި ބަދަލު އާދެއެވެ. އަދި ހަށިގަނޑު ބަލިކަށިވެސް ވެއެވެ.

ތިމާ އުފާވެފައި ހުންނަ ގަޑިއެއްގައި ހަށިގަނޑުގައި ހިމެނޭނީ ޑޮޕްމިން ނުވަތަ އޮކްސިޓޯސަން ފަދަ އުފާވެރި ހޯމޯންސް އެވެ. އެހެންނަމަވެސް ދެރަވުމުން އުފާވެރި ހޯމޯންސްތައް ދަށްވެ ކޯރޓިސޮލް، އެޕްނިފެރިން ފަދަ ހޯމޯންސްތައް ގަދަވެގަނެއެވެ. މިއީ ސްޓްރެސް ހޯމޯންސްތަކެވެ. މި ހޯމޯންސްތައް އުފާވެރިކަން ހާސްކަމާއި ނުވަތަވަސްކަމަށް ބަދަލުކޮށްލަ އެވެ. އަދި އެނގޭހެއްޔެވެ؟ ތިމާ ދެރަވެފައި ހުންނަ އިރު ކަންކަން ހަނދާންވުމުން ދުރުކޮށް ދެއެވެ.

މީގެ އިތުރުން ހިތްދަތިވުމުން ބަރުދަން އިތުރުވުމަށް މަގުފަހިކޮށްދެއެވެ. ސަބަބަކީ ސްޓްރެސް ވުމުން އިމިއުން ސިސްޓަމްގެ ބަރުދަށްވެ ކާހިތް އިތުރުކޮށްދޭތީ އެވެ. ހާއްސަކޮށް ފޮނި ނުވަތަ ފެޓްސް ހިމެނޭ އެއްޗެހި ކާ ހިތްވުން އިތުުރުވެއެވެ. ހާއްސަކޮށް ކޯރޓިސޮލް ހޯމޯންއަކީ ކާހިތްވުމް އިތުރުކޮށްދޭ ހޯމޯން އެކެވެ.

ކާހިތް ވުމުގެ އިތުރުން އިމިއުން ސިސްޓަމްގެ ބާރުދަށްވުމުން އަވަހަށް ބަލިވާގޮތްވެސް މެދުވެރިވެއެވެ. ހާއްސަކޮށް މާގިނައިން ރުއިމުން ނުވަތަ ކަންކަމާއި މާ ބޮޑަށް ވިސްނުމުން ހިމެން ދިމާވުމަށް މެދުވެރިވެއެވެ.

އެހެން ކަމުން ހިތާމަވެރިކަމެއް ނުވަތަ ތިމާ ނުތަނަވަސްވެރިވާކަމެއް މެދުވެރިވުމުން އެކަނިވުމުގެ ބަދަލުގައި ތިމާއަށް އިތުބާރުކުރެވޭ ތިމާއާއި އެންމެ ގާތް ފަރާަތަކާއި ހިއްސާކޮށްލާށެވެ. ނުވަތަ ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށް ހިތްހަމަޖެހޭފަދަ ކަމެއްގައި މަސްއުލުވާށެވެ.

އެގޮތުން ތިމާގެ ހާއްސަ ހޮބީއެއްވާނަމަ ނުވަތަ އެކަމަކުން ތިމާއަށް ހިތްހަމަޖެހުން ލިބޭ ފަދަ ކަމެއް ކުރާށެވެ. މިސާލަކަށް ތިއީ ވާހަކަ ނުވަތަ ތަފާތު ފޮތް ކިޔާހިތްވާ މީހެއް ނަމަ އެކަން ކުރެވިދާނެ އެވެ.ނުވަތަ ކުރެހުން، ކުޅިވަރެއް ކުޅުން ފަދަ ކަންކަމަކީ ގަޔާވާ ކަމެއްނަމަ އެފަދަ ކަންކަމުގައި ވަގުތު ހޭދެކުރެވިދާނެ އެެވެ، އެކަމުން ތިމާގެ ސިކުނޑިއަށް ލުއިވާނެ އެވެ. އަދި ހިތްހަމަޖެހުން އިހުސާސްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355