twitterviber whatsapp telegramfacebookyoutube instagram
20th February 2020

ވިހެއުމުން ޖެހި މަސްތައް ވިރުވާލަމާ ހިނގާ !

Oct 12, 2017

ކައިވެންޏަށްފަހު ލިބޭނެ އެންމެ އުފާވެރި ހަބަރަކީ ބަލިވެ އިންކަން އެނގޭ ހަބަރެވެ. އެވަގުތުން ފެށިގެން ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާލާން ވާއިރަށް ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެ އެވެ.

ވޭތުކުރާ ނުވަ މަހުގައި އަބަދު ބަނޑުހައިވެފައި އެކިކަހަލަ އެއްޗެހި ކާހިތްވާން ފަށައެވެ. ޖަންކު ފުޑް ފަދަ ކާނާތައް ގިނައިން ކެވެންފަށައެވެ. ނަތީޖާއެއްގެ ގޮތުން ވިހެއުމަށް ފަހު ވަރަށް ފަލަވެއެވެ. ވިއެއުމުން ބަނޑުލުމާއި ކައިގެ ބަނޑުލުމަކީ ތަފާތު ދެކަމެއް ނަމަވެސް ބަނޑު ހިންދުމަކީ ވަރަށް އުދަނގޫ ކަމެކެވެ.

އެފްރިކާގެ ޑާރެސް ސަލާމް ސިޓީއަށް ނިސްބަތްވާ މަރީސްޓެއްލާ ވިހެއުމަށްފަހު 32 ކިލޯ ވިރުވާލި ގޮތުގެ ވާހަކަ އަކީ އެހެންމީހުންނަށް ނަމޫނާ ވާހަކަ އެކެވެ. ވިހެއުމަށްފަހު އެހާ ބޮޑުތައް ވިރުުވާލުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ގިނަ ދުވަހުގެ މަސައްކަތެއްވެސް މެއެވެ.

މަރީސްޓެއްލާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ވިިހެއުމަށް ފަހު ފުރަތަމަ ދުވަހު ކިރާލުމަށް ކައްޓާއަށް އެރިއިރު ހުރީ 105 ކިލޯކަމަށެވެ. އަދި މިހާރު ހުންނަނީ 73 ކިލޯ ކަމަށެވެ.

އަދި ކޮންމެ ދުވަހަކު ބައި ގަޑިއިރު ހިނގުމުގެ އިތުރުން ކެއުމަށް ވެސް ވަރަށް ބޮޑެވި ބަދަލުތަކެއް ގެނައި ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަސްވަރު ގިނައިން ކާހިތްވާ ކަމަށާއި އެހެން ނަމަވެސް ކުޑަ ހިތްވަރެއް ކޮށްލާފާ ކާ މިންވަރު މަދުކުރީ ކަމަށް މަރީސްޓެއްލާ ބުނެފައި ވެއެވެ.

މަރީސްޓެއްލާ ވަނީ ވިހެއުމަށް ފަހު ހިކެއް ބޭނުންވާ ފަރާތްތަކަށް އޭނަގެ ހިޔާލު ބުނެދީފައެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ބުނެފައި ވަނީ އަބަދުވެސް ޕޮޒެޓިވް ކޮން ވިސްނުމަށެވެ. ގިނަ ދުވަަހުން ނަތީޖާއެއް ފެނުނު ނަމަވެސް ހިތްވަރު ދެރަނުކުރުމަށެވެ. އަދި ހަށިގަނޑުދެކެ ލޯބިވެ ސިއްހަތު ރަނގަޅު ހަށިގަނޑެއް ބޭނުންވާކަށް އަމިއްލައަށް ވިސްނުމަށެވެ.

ދެވަނަ ކަމަކަށް ދުވަން ފެށުމެވެ. ކޮންމެ ހަފްތާއަކު 6 ދުވަހު 5 ކިލޯ މީޓަރަށް ދުވުމަށެވެ. އެކަމަކު 4 ބަޔަށް ބައި ކުރަމުން މަދު މަދުން ކަމަށެވެ. އަދި ހަފްތާގެ އެއްދުވަހު 8 ކިލޯ މީޓަރަށް ދުވުމަށެވެ. އަދި ދުވާނެ ސްޕީޑް ދުވަސް ދުވަހުން އިތުރުކުރާނީ ކަމަށެވެ. އޭގެ އިތުރުން ހަފްތާއަކު ހަތަރު ދުވަހު ކަސްރަތު ކުރުމަށެވެ. ގޭގައިވެސް ކަސްރަތު ކުރެވިދާނެއެވެ.

ތިންވަނަ ކަމަކަށް ކާ އެއްޗެއްސަށް ބަދަލު ގެނެސް ކާ މިންވަރު މަދުކުރުމަށެވެ. އެގޮތުން ހަކުރާއި ޖަންކުފުޑް އެއްކޮށް ފުހެލުމަށެވެ. އަދި އޭގެ ބަދަލުގައި ފައިދާ ހުރި ކާނާ އަށް ބަދަލު ކޮށްލުމަށެވެ. މޭވާވެސް ކާށެވެ. އެހެން ނަމަވެސް ގިނަކުރަންވީ ތަރުކާރީ އާއި ޕްރޮޓީންގެ ބާވަތްތަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކު 3 ލީޓަރު ފެން ބުއިމަކީ ވަރަށް ވަރުޖައްސައިދޭ ކަމެއް ކަމަށެވެ. ހެނދުނު ނާސްތާއެއްގެ ގޮތުގައި މަރީސްޓެއްލާ ބޭނުންކުރަނީ އެއްފަޅި ފަޅޯ އަދި 200 މލ ކެބެޖް ޖޫހެއެވެ. ފަޅޯ އަކީ ހަޖަމުގެ ނިޒާމަށް ވަރަށް ފައިދާހުރި މޭވާ އެއް ކަމަށާއި ކެބެޖް ޖޫހުގެ ރަހަ ހަމަޖައްސާނީ ބޯން ކެރޭނެ ވަރަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

ވިހެއުމަށްފަހު ހަށިގަނޑުގައި ޖަހާފައި ހުރި މަސްތައް ދުއްވާލުމަކީ އުދަނގޫ ކަމެކެވެ. އެކަމަކު ނުވާނެ ކަމެއްވެސް ނޫނެވެ. ބޭނުންވާނީ އާއިލާ އަދި ފިރިމީހާގެ އެހީތެރިކަމާއި ހިތްވަރު ކަމަށް މަރީސްޓެއްލާ ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355