twitterviber whatsapp telegramfacebookyoutube instagram
21st September 2019

އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބޭއްވުމަކީ އުނދަގޫ ކަމެއްނޫން!

Aug 29, 2017

ކޮންމެ މީހަކުވެސް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓާ އެކަށްޗަަކަށް އެމީހެއްގެ އިސްތަށިގަނޑު ވާނެއެވެ. ތިމާގެ ރީތިކަމާވެސް ގުޅިފައި އޮންނަ އެއްޗަކަށްވާތީ އެވެ. ބުރުގާ އަޅާ ކުއްޖެއް ވިއަސް އިސްތަށިގަނޑަށް ވަރަށް ސަމާލުކަން ބަހައްޓައެވެ. އެހެންނަމަވެސް ބައެއް ފަހަރު ބޭނުން ކުރެވޭ ޕްރޮޑަކްޓެއްގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ ކުރަކިވާގޮތް ދިމާވެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑަށް ހާއްސަ ޕްރޮޑަކްޓް ބޭނުންނުކޮށް އިސްތަށިގަނޑު ރީތިކޮށް ނުބެލެހެއްޓޭނެ ކަމަށެވެ. އެކަމަކު މިއީ މުޅިން ތެދު ވާހަކަ އެއްނޫނެވެ. ވަރަށް އާދައިގެ ތަކެތި ބޭނުން ކޮށްގެންވެސް އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބޭއްވޭނެ އެެވެ.

އޮރެންޖް ޖޫސް

މިއީ ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑު ބޯކުރުމަށް މިއީ ރަނގަޅު އެއްޗެކެވެ. އެގޮތުން ގަވައިދުން އޮރެންޖް ޖޫހުން އިސްތަށިގަނޑު މަޑުވެ ފުސްވުމުން ދުރުކޮށްދެއެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު އިސްތަށިގަނޑު އޮރެންޖް ޖޫހުން ތެންމާލުމަށްފަހު ހިކުމުން ދޮވެލާށެވެ.

ކާށި ތެޔޮ

މިއީ އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް އެންމެން ބޭނުން ކުރާނެ އެއްޗެކެވެ. ހާއްސަކޮށް ދިވެހިންގެ މެދުގައިވެސް މިއީ މަގުބޫލް އެއްޗެކެވެ. އެގޮތުން 2 ސަމުސާ ކާށި ތެޔޮ، 2 ސަމުސާ ލުނބޯހުތް އެއްކޮށްލުމަށްފަހު 10-15 މިނެޓާއި ދޭތެރޭގެ ވަގުތަކަށް އިސްތަށިގަނޑު ބުޑުތައް ރީތިކޮށް މަސާޖުކޮށްލާށެވެ. އަދި މަސާޖުކޮށް ނިމުމަށްފަހު 70 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާށެވެ. މިހެން ގަވައިދުން ބޭނުން ކުރުމުން އިސްތަށިގަނޑު ދުޅަހެޔޮކަން އިތުރު ވާނެއެވެ.

އެލޮވޭރާ

މިއީ މިހާރު ރާއްޖޭގައި ހަައްދާގަހެއްކަމުން ހޯދަން އުނދަގުވާނެ އެއްޗެއް ނޫނެވެ. އަދި މީގެ ޕްރޮޑަކްތަކަކީ ވެސް ދިވެހިންނަށް އައު އެއްޗަކަށް ނުވާނެއެވެ. އެގޮތުން އެލޮވޭރާ ޖެލް، ގޭގައި ގަހެއް ހުރިނަމަ ފަތުން ޖެލް ނެގުމަށްފަހު އިސްތަށިގަނޑުގެ ބުޑުގައި ހާކާށެވެ. ބޭނުންނަށް ނިދާއިރު ހޭކުމަށްފަހު ހެނދުނު ދޮވެލެވިދާނެއެވެ. މިހެން ހެދުމުން އިސްތަށިގަނޑު ދިގުވެ ބޯ ވުމަށް އެހީވެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355