twitterviber whatsapp telegramfacebookyoutube instagram
20th February 2020

ހެނދުނު އަންހެނުން ކޮންމެހެން ކުރަންޖެހޭ ބައެއް ކަންކަން

Oct 29, 2017

ކޮންމެ ދުވަހެއްގެ ހެނދުނު ވަޒީފާއަށް ދިއުމުގެ ކުރިން އެކި އަންހެނުންގެ ތާވަލުގައި ހިމެނޭނީ އެކި ކަންކަމެވެ. އެެހެން ނަމަވެސް އަމިއްލަ ތާވަލްގެ ތެރެއަށް 3 ތިން ކަންތައްވެސް އެއްކޮށްލާށެވެ.

ނިދައިން ހޭލުމަށްފަހު ހަނދާންކޮށް ފެންބޯށެވެ.

ކޮންމެ މީހަކަށްވެސް 6-8 ނިދި ބޭނުންވާ އިރު ހޭލާ އިރު ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް އަންހެނުންނަކީ ގޭތެރޭގައި މަަސައްކަތުގައި ހޭލާގޮތަށް މަސްއޫލުވާ ބަޔަކަށް ވާއިރު ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ހަމަޖެހިގެން ކަންކަން ނިންމާލާށެވެ.

އަބަދުވެސް އަންހެނުން ލޭބަލް ވެފައި އިންނަނީ ކަންކަމުގައި ވަގުތުނަގާ ބައެއްގެ ގޮތުގައެވެ. ހާއްސަކޮށް ތަނަކަށް ދާން ތައްޔާރު ވުމުގައެވެ. ފިރިހެނުންނާއި ހިލާފަށް ގިނަ އަންހެނުންނަކީ ކުރާ މަސައްކަތް ފުރިހަމައަށް ކުރަން ބޭނުންވާ ބައެކެވެ. ހާއްސަކޮށް ހެނދުނު ގަޑީގައި ތެޅިފޮޅިގެން ކަންކަން ނިންމުމުގެ ނަތީޖާއަކަށް ވާނީ ދުވަސް ފެށުމުގެ ކުރިން ހަށިގަނޑުގެ ހަކަތަކޮޅު ދިއުމެވެ. އެހެންނަމަވެސް މިކަމަށް ހަމަޖެހިގެން ކަންކަން ކުރެވޭހާ ވަގުތުއޮށްވާ ތެދުވުންވެސް މުހިއްމެވެ.

ދުވަހުގެ މަގުސަދެއް ކަނޑައަޅާށެވެ.

ކޮންމެ ދުވަހަކީ ވެސް އާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެކެެވެ. އެހެންކަމުން ކޮންމެ ދުވަހަކަށްވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން އަޒުމެއް ކަނޑައަޅާށެވެ. ހާއްސަކޮށް ވަޒީފާއަށްދާ އަންހެނުންނަށް ގޭތެރޭގެ އިތުރުން އޮފީހުގެ މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ދެ ގުނަ ވީ އެވެ.އެެހެން ކަމުން ކުރަން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް ނިންމާލުމަށް ޕްލޭން ކުރާށެވެ. އެއިރުން ދުވަސް ނިމުމުގެ ކުރިން އެދުވަހަކަށް ކޮށްނިންމަން ޖެހޭ ކަންކަން އެއްކޮށް ނިންމާ ލެވޭނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355