twitterviber whatsapp telegramfacebookyoutube instagram
21st September 2019

ވިކްޓަރީ އާއި ކުޅުދުއްފުށި ބައްދަލުކުރި މެޗު ވިކްޓަރީ ކާމިޔާބުކޮށްފި

Feb 18, 2011

ވިކްޓަރީ ސްޕޯޓްސް ކުލަބަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މިހާރު ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްގެން އުޅޭ ވިކްޓަރީ ޓީމް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ކުޅުދުއްފުށިން ހޮވާލެވުނު ފުޓުބޯޅަ ޓީމާ ބައްދަލުކޮށް 3 – 1 އިން މެޗު ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯންސްޓޭޑިއަމްގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ޝަރަފްވެރި ކޮށްދެއްވީ މަތިއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ ހަސަން ޒިޔާދެވެ

ވިކްޓަރީ އާއި ކުޅުދުއްފުށި ބައްދަލުކުރި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅުދުއްފުށީ ޓީމުގެ އަހުމަދު ގާސިމް (ހިންޏޭ) އެވެ.

ވިކްޓަރީގެ މިދަތުރުގައި ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މިގޮތުން ރޭ އެޓީމުގެ ކުޅުންތެރިން ވަނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އަދި މިއަދު ހެނދުނު ވަނީ އަފީފުއްދީން ސްކޫލުގެ ދަރިވަރުންނާއެކު އެކުވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ވިކްޓަރީ ޓީމް މާދަމާ ނޮޅިވަރަންފަރަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް ކުޅުދުއްފުށި ޑޮޓްކޮމް ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރަށްވާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355