twitterviber whatsapp telegramfacebookyoutube instagram
22nd February 2020

އަފީފުއްދީން ސްކޫލުގެ ހަތްވަނަ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

Feb 22, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ސީނިއަރ ކުދިންނަށް އަމާޒު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ކުޅުދުއްފުށީ  ޒޯން ސްޓޭޑިއަމްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. އިއްޔެ ފެށި މިމުބާރާތަކީ މިގޮތަށް ބާއްވާ ހަތްވަނަ ފުޓުބޯޅަ މުބާރާތެވެ.

މިމުބާރާތާއި ބެހޭގޮތުން ކުޅުދުއްފުށީ  އޮންލައިނަށް މައުލޫމާތު ދެއްވަމުން މިމުބާރާތުގެ ކޯޑިނޭޓަރ އަބްދު ﷲ މުހައްމަދު ވިދާޅުވީ މިއީ އަފީފުއްދީން ސްކޫލުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މުބާރާތެއްކަމަށާއި ނަމަވެސް މިއަހަރުގެ މުބާރާތް ތަފާތުވާނެކަމަށެވެ.

“މިއަހަރުގެ މުބާރާތް ރާވާފައި މިވަނީ ކުދިން ލައްވާ ބޮޑު ގޯލްޖަހައިގެން ކުޅުމަށް. އެއީ އެކުދިން ބޮޑު ދަނޑުގައި ކުޅުމަށް ފަރިތަކުރުމަށް.” އަބްދުﷲ މައުލޫމާތު ދެއްވިއެވެ.

ކަމަށާއި މިއަހަރު މިމުބާރާތުގައި އެސްކޫލުން ގުރޭޑް 06ކުންފެށިގެންމަތީ ގުރޭޑްތަކުން 70ކުދިންވަނީ ބައިވެރިވެފައިވާކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ވިދާޅުވީ މިމުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަމަށާއި އިނާމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 24 ވާބުރާސްފަތި ދުވަހުގެ 12:00 ކަމަށެވެ. އަދި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހަވީރުކަމަށާއި ހުކުރު ދުވަހު ކުޅެވޭނީ ހެނދުނު ކަމަށެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ. މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ކުޅިވަރުގެ ހަރަކާތްތަކުގައި އުޅުއްވާ ބޭފުޅެއް ކަމަށްވާ އަހްމަދު އާދަމްޕެރިސްއެވެ.

މިމުބާރާތުގައި އަފީފުއްދީން ސްކޫލުގެ މަޖީދީ ހައުސް، ފަރީދީ ހައުސް، އަމީނީ ހައުސް އަދި ޣާޒީ ހައުސް އިން ވާދަކުރާއިރު ޓީމުތަކުގައި ޖުމްލަ 70 ކުދިން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355