twitterviber whatsapp telegramfacebookyoutube instagram
23rd January 2020

ޓީރެކްސް ބާސްކެޓްބޯޅަ ޓީމް ކުޅުދުއްފުއްޓަށް އަތުވެއްޖެ

Feb 24, 2011

އިބްރާހިމް ހަމީދު

ދިވެހިރާއްޖޭގެ ބާސްކެޓްބޯލް ކުލަބުތަކުގެ ތެރެއިން މިހާރު އެންމެ ފާހަގަ ކޮށްލެވޭ ޓީރެކްސް ބާސްކެޓްބޯލް ޓީމް މިއަދު ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ. ބާސްކެޓްބޯޅަ ޓީމް ކުޅުދުއްފުއްޓަށް ލެފުމުން މަރުހަބާ ދެންނެވީ މަތިއުތުރުޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ ނައިބް ހަސަން ޒިޔާދާއި ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުހައްމަދާއި ކުޅުދުއްފުށީގެ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުންނާއި މިދަތުރު އިންތިޒާމް ކުރާފަރާތްތަކުންނެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޓީރެކްސް ޓީމްގެ ކޯޗް އިބްރާހިމް ނާހިދު ވިދާޅުވީ މިއީ ޓީރެކްސް އެކަޑަމީގެ ފަރާތުން ރާއްޖޭގޭ އެކި ހިސާބުތަކުގައި ރީޗްއައުޓް ކެމްޕޭން ޕްރޮގުރާމްގެ ދަށުން ޓީރެކްސް ޓީމްގެ ކެމްޕޭން ފުރަތަމަ ލޯންޗިން ކުޅުދުއްފުށީގައި ބޭއްވުމަށް ކުރާ ދަތުރެއް ކަމަށާއި ޓީރެކްސް ޓީމަށް ކުޅުދުއްފުށިން ކީ މަރުހަބާއާއި ލިބުނު މެހެމާންދާރީ ފެނުމުން މިޓީމުން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިއްޖެ ކަމަށެވެ. އަދި ކުޅުދުއްފުށީން ޓީރެކްސް ގެނައުމުގެ ކަންތައްތައް އިންތިޒާމް ކޮށްދެއްވި ފަރާތަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ޓީރެކްސްޓީމްގެ ފަރާތުން ޝުކުރުއަދާކުރިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅެވުނު 5 ވަނަ އެމްބީއޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ސްރީލަންކާގެ ކާލްޓަން އަތުން މޮޅުވެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކޯޗް އިތުރަށް މަލޫމާތު ދެއްވަމުން ވިދާޅުވީ މިދަތުރުގައި ބާސްކެޓް ކޯޗިން ކޭމްޕަކާއި ތަފާތު ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން އެކުވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށެވެ. އަދި ޓީރެކްސް ބާސް ކެޓްބޯޅަޓީމުގެ މަގުސަދަކީ މިރީޖަނުގައި އިތުރު ޕްރޮގުރާމްތައް ހިންގާ ވަރުގަދަ ބާސްކެޓް ޓީމެއް މިރީޖަނުގައި އެފެއްދުން ކަމުގައި ވިދާޅުވިއެވެ.

މިދަތުރުގައި ޓީރެކްސްގެ ދެތިން ކުޅުންތެރިން ފިޔަވާ ހުރިހާ ކުޅުންތެރިން  ޖުމްލަ  12 މީހުންގެ ކޮންޓިންޖެންޓްގައި ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355