twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކުޅުދުއްފުށީ ކަސްޓަމްސްއިން މިއަހަރު 152 އުޅަނދަކަށް ކްލިއަރެންސް ދީފައިވާނެ: ޔާސިރު

Nov 30, 2017

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އާ 152 އުޅަނދަކަށް މިއަހަރު މިހާތަނަށް ކުލިއަރެންސް ދީފައިވާނެ ކަމަށް ހެޑް އޮފް ކުޅުދުއްފުށީ ކަސްޓަމްސް ސްޕްރިންޓެންޑް ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީ ކަސްޓަމްސްއިން 2017 ވަނަ އަހަރު 152 އުޅަނދަކަށް ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ކްލިއަރެންސް ދީފައިވާ ކަމަށެވެ.

“ކުޅުދުއްފުށީ ކަސްޓަމްސްއިން 2017 ވަނައަހަރު 152 އުޅަނދަށް މި ބަނދަރުން ކްލިއަރެންސް ދީފައިވެ.” ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގައި ކަސްޓަމްސް އުފެދުނު ފަހުން ފާއިތުވި މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީގައި ކަސްޓަމްސްގެ ހިދުމަތް ތަރައްގީކުރެވި ފުޅާކުރެވިފައިވާނޭ ކަމަށެވެ. އެގޮތުން ޕޯސްޓްގެ ހިދުމަތް އަދި ބޮންޑެޑް ވެއާރ ހައުސްގެ ހިދުމަތްވެސް ތައާރަފުކުރެވިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ކަސްޓަމްސްގެ ހިދުމަތް ފެށިގެންދިޔައީ ސަރަހައްދީ ބަނދަރެއް ގާއިމުކުރެވި ހިދުމަތް ދޭން ފެށުމުން 2005 ވަނަ އަހަރު 9 މުވައްޒަފުންނާއެކު އެވެ. ނަމަވެސް މިހާރު ކުޅުދުއްފުށީ ކަސްޓަމްސްގައި 25 މުވައްޒަފުންދަނީ ވަޒީފާއަދާކުރަމުންނެވެ.

ބޮޑު ތިލަދުންމަތީގައި މޯލްޑިވްސް ކަސްޓަމްގެ ހިދުމަތް ފެށިގެން އައީ 1997 ވަނަ އަހަރު ހއ އުލިގަމުގައި ކުޅުދުއްފުށީގެ އިތުރުން މިސަރަހައްދުގައި ހަނިމާދޫގައިވެސް ވަނީ ކަސްޓަމްސްގެ ހިދުމަތް ގާއިމްކުރެވިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355