twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ސްމާޓްފޯނުގެ އެހީގައި މިހާރު ކޮންމެ އެއްޗެއް ވެސް ޓްރެކް ކޮއްލެވިދާނެ!

Dec 28, 2017

ސައިކަލު ޕާކުކޮށްފައި ގޮސް އަންނަ އިރު ނުފެނިގެން އުޅެންޖެހޭތަ؟ ގޭގެ ތަޅުދަނޑިފަތި ނުފެނިގެން ހޯދަންޖެހޭ ފަހަރު އާދޭތަ؟ މިއޮތީ ތިކަމަށް ހައްލެއް ގެނެސްފަ އެވެ.

ކެލިފޯނިއާރގެ ސްޓާރޓްއަޕް ކުންފުންޔަކުން ވަނީ ސްމާޓްފޯނަކާއެކު މަސައްކަތް ކުރާގޮތަށް ކުޑަ ޑިވައިސްއެއް ފަރުމާކޮށްފައެވެ. މި ޑިވައިސްގެ ނަމަކީ “ޓްރެކްއާރް ބްރޭވޯ”އެވެ.

ޓްރެކްއާރް ބްރޭވޯއަކީ ވަކިލާރި އެއްގެ ސައިޒަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މިހާތަނަށް މި ޑިވައިސްގެ 7.5 މިލިއަން ޔުނިޓް ވިކިފައިވާއިރު، މި ޑިވައިސްގެ ޑިސްކައުންޓާ ލައިގެން އަގަކީ ހަމަ އެންމެ 29 ޑޮލަރެވެ. މި ޑިވައިސް ބޭނުންކުރުމަށް ހަމަ އެކަނި ދައްކަންޖެހެނީ މަންތްލީ ސަބްސްކްރިޕްޝަން ފީއެކެވެ. އެއްއަހަރު ދުވަހުގެ ބާރު ހުންނަ ބެޓްރީ އަކާއިއެކު މި ޑިވައިސް މިވަނީ މިއަދު ބޮޑެތި ފަސޭހަތަކެއް ގެނެސްދީފައެވެ.

ޓްރެކްއާރް ބްރޭވޯ މަސައްކަތްކުރަނީ ކިހިނެއް؟

މިއީ ވަރަށް ފަސޭހަކަމެއް! ސްމާޓްފޯނަށް ޓްރެކްއާރް އެޕްލިކޭޝަން އިންސްޓޯލް ކޮއްލުމަށްފަހު، އެޕް ޑިވައިސް އާ ގުޅާލާށެވެ. އަދި އެއަށްފަހު މި ޑިވައިސް ހޯދަން ޖެހޭފަދަ ކޮންމެ އެއްޗަކާ ގުޅާލެވިދާނެއެވެ. އެގޮތުން ސައިކަލް، ތަޅުދަނޑިފަތި، އަދި ވޮލެޓް ފަދަ ތަކެތީގައި މި ޑިވައިސް ހަރުކޮށްލެވިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355