twitterviber whatsapp telegramfacebookyoutube instagram
20th February 2020

ކުއްލިއަކަށް އުފެއްދި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ، ކުއްލިއަކަށް ހިނދުނީ ބާ !

Dec 28, 2017

ކުޅުދުއްފުށީގައި ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމަށް ކައުންސިލުން ނިންމީ މިިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ވަރަށް ފޯރިއާއެކު ސޮސައިޓީގެ ހުރިހާ ކަމެއް ނިމި ބޯޑް މެންބަރުންނާއި ޗެއާޕާސަން ހޮވައި ނިންމީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރަށް އަވަސް އަރުވާލާފަ އެވެ.

ކުޅުދުއްފުށީގެ ޒުވާނުންތަކެއް އިސްނަގައިގެން ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު އުފެއްދި މި ސޮސައިޓީން ރަށަށް ގިނަ ކުރިއެރުންތަކެއް ޕްލޭންކޮށްގެން ކުރިއަށް ގެންދިއުމަށް ރޭވި ނަމަވެސް ސޮސައިޓީގެ އެއްވެސް އަޑެއް ނީވޭތާ ދެމަަހަށް ވުރެ ގިނަ ދުވަސް ވަނީ އެވެ.

ކައުންސިލުން ސޮސައިޓީ އުފެއްދީ 25 އިންސައްތަ ކައުންސިލުން އަދި އަނެއް 75 އިންސައްތަ ރައްޔިތުން ހިއްސާވާ ގޮތަށެވެ. އެގޮތުން އޯގަސްޓްމަހުގެ ތެރޭގައި އެ ސޮސައިޓީގެ ހިއްސާ ވިއްކަން ފެށިއިރު ހިއްސާއެއް ވިއްކަމުން ދިޔައީ 100 އަށެވެ.

ގާތްގަނޑަކަށް 150 އާށް ވުރެ ގިނަ ހިއްސާދާރުންނާއެކު ފެށި މި ސޮސައިޓީ ފުރަތަމަ އާންމު ޖަލްސާގައި ރަށުގައި ހިންގަން ހަމަޖެހިފައިވާ 4 ޕްރޮޖެކްޓެއް އިއުލާން ވެސް ކުރިއެވެ.

ސޮސައިޓީގެ ޗެއާޕާސަން، ވައިސް ޗެއާޕާސަން، ސެކެރްޓަރީ އަދި ހަޒާންދާރުގެ އިތުރުން 11 މެންބަރުން ހޮވުމަށް ބޭއްވި މި އާންމު ޖަލްސާގައި ސޮސައިޓީގެ ޗެއާޕާސަންއަކަށް ހޮވުނީ އެ ސޮސައިޓީ އުފެއްދުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވި އެއިރު ކުޅުދުއްފުށީ ޕޯޓްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި އިގްބާލް ހަމީދެވެ.

ނަމަވެސް އޭގެ ފަހުން އިގްބާލު ވަނީ ޕޯޓުގެ މެނޭޖަރުން ކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވި އިރު އޭނާ ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލައެއްގެ އެސީސީން ގެންދިޔައީ ބަލަމުންނެވެ.

ސޮސައިޓީން ހިންގުމަށް ނިންމާފައިވާ 4 ޕްރޮޖެކްޓުގެ ތެރެއިން 2 ޕްރޮޖްކެޓް ފެށުމަށް ނިންމާފައިވަނީ މިދިޔަ ނޮވެންބަރު މަހުތެރޭގައެެވެ. އެއީ އައިސް ޕަލާންޓެއް ގާއިމް ކުރުމާއި ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި ޕޮޓްގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުމުގެ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއެއްގެ އިތުރުން އޮޑި ދޯނި ފަހަރު ބެލެހެއްޓޭނެ ފަސޭހަ ނިޒާމެއް ގާއިމްކުރުމަށްވެސް އެ ސޮސައިޓީން ވަނީ ނިންމާފަ އެވެ.

ނަމަވެސް ސޮސައިޓީ އުފެދުނުތާ 4 މަސް ވެގެން ދިޔައިރު މި ޕްރޮޖެކްޓުތަކުގެ އެއްވެސް ތަފްސީލެއް ރައްޔިތުންނާއި ހިއްސާކޮށްފައެއް ނުވެއެވެ. އަދި އަމަލީ ގޮތުން އެއްވެސް މަސައްކަތެއްވެސް ފެށިފައެއް ނުވެއެވެ.

ވޯލްޑްބޭންކުން 30 މިލިއަން ޑޮލަރުގެ އެހީއެއް ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓާއި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕޮޓުގައި ގަސް އިންދައިގެން ދަނޑުވެރިކަން ދަސްކުރުމުގެ ޕްރޮގްރާމުތަކަށް އެފަރާތްތަކުގެ އެހީ ލިބުނު ކަމެއްވެސް ނުވަަތަ ނޫންކަމެއްވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި ހިއްސާއިން ލިބުނު ފައިސާގެ ތަފްސީލެއްވެސް އާންމުކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން މިިދިޔަ ނޮވެމްބަރުމަހު ހެދި ސޮސައިޓީގެ އޮފީސްވެސް މިހާރު ބަންދު ކޮށްފައިވާއިރު އެސޮސައިޓީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ އެވެ. މިއީ ސޮަސައިޓީގެ ހިއްސާދާރުންވެސް އުންމީދު ކުރިގޮތެއް ނޫނެވެ.

މައުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އޮފީސް ނުހިންގި ބަންދު ކޮށްފައިވަނީ ފައިސާގެ ދަތިކަމާއި ހުރެއެވެ. އެހެން ވެއްޖެނަމަ ބޭނުންނާ ހިއްސާދާރުންތައް އަލުން ހިއްސާގެ ފައިސާ ލިބޭނެ ކަމާމެދުވެސް މިވަނީ ސުވާލުއުފެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355