twitterviber whatsapp telegramfacebookyoutube instagram
20th October 2019

ޗީޒް މީރު، އެކަމަކު ސިއްހަތަށް ރަނގަޅުތަ؟

Jan 6, 2018

ޗީޒްއަކީ ވަރަށް ގިނަ ބައެއްގެ “ފެވަރިޓް” އެއްޗެކެވެ. ކޮންމެ ކަހަލަ ކާނާއަކާއި އެކުގައި ކޭ ނަމަވެސް އެއަށް ޗީޒް އިތުރު ކޮށްލުމުން ދޭ ރަހަވެސް ފުރިހަމަ އެވެ.

އެކަމަކު އެއީ ސިއްހަތަށް ރަގަނޅު އެއްޗެއްތޯ އެވެ. ޖަވާބަކީ އުފާވެރިވެސް ޖަވާބެކެވެ.

ޗީޒް އަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. އެހެންމަވެސް އެއަށް ކަނޑައެޅިފައިވާ މިންވަރަށް ކެއުމުގައި ހިމަނާ ނަމައެވެ، ކޮންމެ ބާވަތެއްގެ ކާނާއަކީ ވެސް ކިތަންމެ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމަށް ވިއަސް ކާން ވާވަރަށް ވުރެ ގިނައިން ކެއުމުން ސިއްހަތަށް ގެއްލުންވާނެ އެއްޗެކެޗެ. އެގޮތުން ޗީޒް ވެސް ވަނީ ހަމަ އެހެންނެވެ.

ޗީޒްއަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން މުހިއްމު ނިއުޓްރިއެންޓް ހިމެނޭއިރު ކެލްޝިއަމް، ޕްރޮޓީން ވިޓަމިން ބީ12 އަދި ޒިންކް ހިމެނެއެވެ. އެކަމަކު މާ ގިނައިން ޗީޒް ބޭނުން ކުރަން ފަށައިިފިނަމަ ވަރަށް އަވަހަށް ކެލަރީޒް ވެސް ގިނަކޮށްލައެވެ.

އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް ގެ ޑައިޓިޝަންއެއް ކަމަށް ވާ ކެލީ ބުނީ މަޑުކޮށް ހުންނަ ޗީން ގައި ކެލޮރީޒް ހުންނަނީ މަދުން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 2 މޭޒުމަތީ ސަމުސާގެ ހޯލް މިލްކުގައި 50 ކެލެރީޒް، މޮޒޮރެއްލާގައި 85 ގްރާމް ކެލޮރީޒް، ސްވިސް ޗީޒްގައި 108 ގްރާމް އަދި ޗެޑާ ޗީޒް ގައި 114 ގްރަމް ކެލޮރީޒް ހިމެނޭކަމަށެވެ. އެގޮތުން އެންމެ މަދުން ފެޓް ހިމެނެނީ ކޮޓޭޖް ޗީޒް ގައެވެ. އެއީ ކޮންމެ ސަމްސަލެއްގައި 1 ގްރާމެވެ.

އެހެން ކަމުން ކެއުމުގައި ޗީޒް ވަކި މިންވަރެެއްގައި ހިފެހެއްޓުމަކީ އެއިން ސިއްހަތަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355