twitterviber whatsapp telegramfacebookyoutube instagram
26th January 2020

އެމްޑަބްލިޔުއެސްސީން ކުޅުދުއްފުށީ ގެތަކުގައި ފެން މީޓަރ ހަރުކުރުމާއި ފެން ގުޅައި ދިނުމުގެއަމަލީ މަސައްކަތް ފަށައިފި

Mar 13, 2011

އިބްރާހިމް ހަމީދު

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީން ކުޅުދުއްފުށީ ގެތަކުގައި ފެން މީޓަރު ހަރުކުރުމާއި ފެން ގުޅައި ދިނުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދޭގޮތުގައި މަތިއުތުރު ޕްރޮވިންސްގައި އެ ކުންފުނިން ފެނުގެ ކަނެކްޝަނެއް ފުރަތަމަ ފަހަރަށް ގެއެއްގައި ހަރުކުރެވުނީ ކުޅުދުއްފުށީ ހިލްމަން ގޭގައެވެ. އޭގެއިތުރުން ހިދުމަތަށް އެދެމުންދާ ވަރަކުން ގޭގޭއަށް ފެން މީޓަރ ކަނެކްޝަން ހަރުކޮށްދެމުން ގެންދާނެ ކަމަށާއި މިމަހު ފަހުކޮޅު ފެނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ފެން މީޓަރ ބެހެއްޓި ގެ ކަމަށްވާ ހިލްމަން ގޭގެ ވެރިފަރާތް އިބްރާހިމް ހަސަން ވިދާޅުވީ މިއީ ވަރަށް މުހިއްމު ކަމެއްކަމަށާއި، އެންމެ ފުރަތަމަ ފެން މީޓަރު ބެހެއްޓި ގެއަށް އެގެ ވުމުން ވަރަށް އުފާވި ކަމެއްކަމަށެވެ.

“މިއީ ކޮންމެހެންކުރަންޖެހޭ ކަމެއް. މިއަދު އެމްޑަބްލިޔުއެސްސީގެ ބޭފުޅުން މިގެއަށް އައިސް ފެންމީޓަރު ހަރުކޮށްދެއްވަމުން މިއީ ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ފެންމީޓަރު ހަރުކޮށްދެވޭ ގެއަކީ މިއީ އޭބުނުމުން ވަރަށް އުފާވި” ހިލްމަން ގޭގެ ވެރިފަރާތްކަމުގައިވާ އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ފެނުގެ ހިދުމަތްދެވޭނެ ވަކިދުވަހެއް އެބޭފުޅުން ވިދާޅުނުވާކަމަށް އިބްރާހީމް ހަސަން މައުލޫމާތު ދެއްވައެވެ. އެހެންނަވެސް ހިދުމަތް ދޭންފެށުމާއި އެކު އެކުންފުނިން އަންގާނެކަމަށާއި މިހާރު މިހަރުކުރެވުނު ފެންމީޓަރު ކަނެކްޝަނުގައި ފެން ލިބެން ހުރި ނަމަވެސް މިވަގުތު އިސްކުރުގައި ހުރި ފެން ބޭނުން ކުރުން ރަނގަޅު ނުވާނެ ކަމަށް އެބޭފުޅުން ބުނިކަމަށް އިބްރާހީމް ހަސަން މައުލޫމާތު ދިނެވެ. ހިލްމަން ގޭގައި މިވަގުތު ބޭނުންކުރަނީ ވާރޭ ފެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355