twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޑައެޓް ކުރާނަމަ މިކަންކަން އެގުން މުހިއްމު

Jun 25, 2018

ދިވެހިންގެ ތެރޭގައި ޑައެޓް ކުރުމަކީ އާންމު ކަމެކެވެ. ގްރޫޕެއް ހަދާފައި ކޮންމެވެސް ތާކަށް ކާން ދާން ބުނުމުން މި އުޅޭ ޑައެޓް އޭ ބުނާމީހުން ގިނައެވެ. އެހެންނަމަވެސް ޑައެޓް ތެރޭގައި ކަސްރަތާއި ކެއުން ގެންގުޅެންވީ އުސޫލު ބައެއް ފަރާތްތަކަށް ނޭގޭކަން ފާހަގަކޮށްލެވެ.

ޑައެޓެއް ފަށައިގެން ތިމާގެ ހަށިގަނޑު ބޭނުން ވާ ބައްޓަމަށް އަންނަދެން ވަކި އުސޫލަލުން ކެއުން ކަސްރަތު ގެންދަން ޖެހެއެވެ. އެގޮތުން މުހިއްމު އަދި ޑައެޓް ކުރުމުގައު ފަސޭހަ ގޮތްތަކެއް ހިމަނާލާނަމެވެ.

ކާ އިރު ގިނައިން ހެފުން

މަދުން ކޭ ކަމުގައި ވިއަސް އަވަސް އަވަހަށް ކުޑަކޮށް ހަފައިގެން ކެއުންމަކީ ތިބާ ބަރުދަން އިތުރު ވާކަމެކެވެ. އެހެންކަމުން ގިނައިން ހެފުމަކީ ބަރުދަން ލުއިކޮށްދޭ ކާނާ ފަސޭހައިން ހަޖަމްކޮށްދެ ކަމެކެވެ. އަދި ކެއުން މަދުކުރަން ބޭނުންވާ ނަމަ ގިނައިން ހެފުމަކީ ކެއުމުގެ މިންވަރަށްވެސް ބަދަލު ގެނެސްދޭ ކަމެކެވެ.

ޗޮކްލެޓްވެސް ކެވިދާނެ

ބައެއް ފަހަރު ހީވެފައި އޮންނަނީ ޑައެޓްގައި ޗޮކްލެޓްފަދަ ފޮނި އެއްޗެހި ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ވަކި މިންވަރަކަށް ޗޮކްލެޓްވެސް ކެވޭނެއެވެ. ހާއްސަކޮށް ޑަރކް ޗޮކްލެޓަކީ ފައިދާ ހުރި އެއްޗެކެވެ. އެހެންނަމަވެސް ޗޮކްލެޓް ކާއިރު މާ ގިނައިން ކެވޭނަމަ ނުވަތަ ކާހިތް ވާނަމަ ކުދި ޗޮކްލެޓް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް ފަން ސައިޒް ޗޮކްލެޓް ކެވިދާނެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކުދި ވަކި އެތިއެތިކޮޅު ކެއުމަކީ އަވަހަށް ބަނޑު ފުރޭ ކަމުގައި އިހްސާސްވެ މާ ގިނައިން އެއްބާވަތެއް ކެއުމުން ދުރުކޮށްދޭ ކަމެކެވެ.

ކަސްރަތު ކުރުމަށްފަހު ކާށެވެ.

ދިރާސާތަކުން ބުނާގޮތުގައި ތިމާ ކެއުމުގައި ބޭނުންކުރާ ޕްރޮޓީން 1 ގްރާމް ހަމަޖްވާ ގާތްގަނޑަކަށް 1 ގަނޑިއިރު ނަގަ އެވެ. އެހެންކަމުން 25 ގްރާމް ޕްރޮޓީން ތިމާގެ ހަށިގަނޑުގައި 25 ގަނޑިއިރު ވަންދެން ހުރެއެވެ. އެހެންކަމުން ކަސްރަތު ކުރާއިރު އެކަމުގެ އަސަރު އެެންމެ ފަސޭހައިން ކުރާނީ ކެއުމުގެ ކުރިން ކުރުމުންނެވެ. އެކުމުގެ ފަހުން ކަސްރަތު ކުރާނަމަ ކެއުމަށްފަހު މަދުވެގެން 6 ގަޑިއިރު ފަހުން ކަސްރަތު ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355