twitterviber whatsapp telegramfacebookyoutube instagram
24th August 2019

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ އޮނިގަނޑު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Mar 16, 2011

އިބްރާހިމް ހަމީދު

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ އޮނިގަނޑު އެކުލަވާލުމުގެ މަޝްވަރާ  ބައްދަލުވުމެއް ސިވިލް ސާވިސް އިންސްޓިޓިއުޓްގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

މަތި އުތުރު ގައުމީ އިދާރާގެ އޮފީހުގައި ބޭއްވި މިބައްދަލުވުމާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ސިވިލް ސާވިސް އިންސްޓިޓިއުޓްގެ އެސިސްޓެންޓް ލެކްޗަރާ ޒީނިޔާ ވިދާޅުވީ  އިދާރީ ދާއިރާތައް އައުމުން އޮނިގަނޑު ތައްޔާރުކުރަން  ލޯކަލް ކައުންސިލް ނުވަތަ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ސިވިލް ސާވިސް ކޮމިޝަނާއި ކައުންސިލްތަކާއި މަޝްވަރާ ކުރެވިގެން ސިވިލް ސާވިސްއިން އޮނިގަނޑު ތައްޔާރު ކުރަން ޖެހޭކަމަށެވެ. އެގޮތުން 07 ދާއިރާއެއްގައި މިހާރުވެސް ޓްރެއިނަރުންނާއި ކޮމިޝަނުގެ އިސްބޭފުޅުން ހަރަކާތްތެރި ވަމުންއެބަދެއެވެ.

އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި  ހދ އަތޮޅުގެ ކޮންމެ ރަށަކުން ރަށު ކައުންސިލްގެ ރައީސުން، ނައިބް ރައީސުން ނުވަތަ އެފަރާތުން ކަނޑައަޅާ މެމްބަރެއް އެތަނެއްގެ ޒިންމާދާރު ވެރިއެއް ބައިވެރިވިއެވެ. އަދި އަތޮޅު ކައުންސިލް ތަކުން ކައުންސިލް ތަކުގެ ރައީސުން، ނައިބު ރައީސުން ނުވަތަ ޒިންމާދާރު ވެރިޔާ ބައިވެރިވިއެވެ. އެއީ ކޮންމެ ރަށަކުން 02 ބޭފުޅުންނާއި އަތޮޅު ކައުންސިލް ހިންގާ ރަށުން 04 ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355