twitterviber whatsapp telegramfacebookyoutube instagram
24th August 2019

ޖަޕާނާއެކު ދިވެހިން: ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް މިއަދު ހިންގައިފި

Mar 19, 2011

އިބްރާހިމް ހަމީދު

ޖަޕާނަށް ދިމާވި ގުދުރަތީ ކާރިސާ އާއި ގުޅިގެން އެގައުމަށް އެހީ ވުމުގެ ގޮތުން “ޖަޕާނާއެކު ދިވެހިން” މި ޝިއާރުގެ ދަށުން  ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް މިއަދު ހިންގައިފި އެވެ.

ޖަޕާނަށް އެހީތެރި ވުމަށްޓަކައި ރާއްޖޭގައި މިއަދު ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހިނގާލުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ ޖަމްޝީދު ވިދާޅުވީ މިއަދު  ބޭއްވޭ ހިނގާލުމަކީ އެއްބައިވަންތަކަމުގެ ރޫހުގައި ބޭއްވޭ ހިނގާލުމެއް ކަމަށެވެ.

އަދި ކުޅުދުއްފުށްޓަކީ މަސްލަހަތަށް ލޯބިކުރާ ކިޔަމަންތެރި ކަންކަމުގައި ފަސްނުޖެހި ގައުމިއްޔަތު ދިރުވުމަށްޓަކައި ލެޔާއި ޖާނާއި ފުރާނައިން ގުރުބާންވާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއް ކަން ފާހަގަ ކުރައްވާ މިއަދުގެ ހިނގާލުމުގައި ކުޅުދުއްފުށީގެ ސްކޫލުތަކުންނާއި ސަރުކާރުގެ މުވައްޒަފުންގެ އިތުރުން ކުލަބު ޖަމްއިއްޔާތަކާއި ކުޅުދުއްފުށީގެ ރައްޔިތުން ބައިވެރިވިކަން  އުފަލާއި އެކު ފާހަގަކުރާކަމަށް ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.

ޖަޕާނަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމަށް މިއަދު ހެނދުވަނީ ކުޅުދުއްފުށީގެ ބައެއް ފިހާރަތަކުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަންޑު ފޮށި ބަހައްޓާފައެވެ. އަދި ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައިވެސް ފަންޑު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިހާތަނަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް މިކަމަށް ލިބެމުންދާކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށިން ޖަޕާނަށް އެހީވުމުގެ ގޮތުން ހިންގޭ ޕްރޮގުރާމްތައް ކަމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމުގެ ފުރިހަމަޔަގީންކަން ކުޅުދުއްފުށީ ބަންޑާރަ މައިދާނުން ފެނިގެންދާ މަންޒަރުތަކާއި ފޮޓޯތަކުން ފެންނަމުންދާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. މިރެއާއި މާދަމާވެސް ކުޅުދުއްފުށީގައި “ޖަޕާނާއެކު ދިވެހިން” މި ޕްރޮގުރާމްތައް ކުރިއަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355