twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ބާގީ 2 ގެ ކާމިޔާބާއެކު ޓައިގާ ގަތީ ބޮޑު އެޕާޓްމެންޓެއް

Jul 24, 2018

ޓައިގާ ޝްރޮފް އަދި ލޯބިވެރިޔާ ދިޝާ ޕަޓާނީގެ ބާގީ 2 ގެ ބޮޑު ކާމިޔާބާއެކު ޓައިގާ މުމްބާއީން 8 ކޮޓަރީގެ އެޕާޓްމެންޓެއް ގަނެފި އެވެ.

އަންނަ ނޮވެމްބަރ މަހު ރިލީޒް ކުުރުމަށް ހަމަޖެހިފައިވާ ސްޓޫޑެންޓް އޮފް ދަ އިޔާގެ މަސައްކަތް ކުރަމުން އަންނަ ޓައިގާ އާ ގެއަށް ބަދަލުވެވޭނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

މިއާއެކު ޓައިގާ ވެެގެންދާނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މުމްބާއީގައި އަމިއްްލަ އަގުބޮޑު ގެތައް ހުރި ތަރިންގެ ތެރެއިން އެކަކަށެވެ. މީގެ އިތުުރުން ދާދި ފަހުން ޝާހިދު ކަޕޫރްވެސް ގެޔެއް ގަނެފައިވާއިރު ވަރުން ދަވަން އާއި ތާޕްސީ ވަނީ އެމީހުންގެ އައު ގެޔަށް ބަދަލުވެފައެވެ.

ޓައިގާ އަމިއްލާ އެޕާޓްމެންޓެއް ހޯދާތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި މި އެޕާޓްމެންޓް އޭނާއަށް ލިބިފައިވަނީ މި މަހުގެ ކުރީކޮޅުކަމަށް ހަބަރުތަކަން ބުނެއެވެ. މީގެ އިތުރުން އެޕާޓްމެންޓް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޖޯން އަބްރަހަމްގެ ބޭބެ އަދި މަޝްހޫރު އިންޓިރިއާ ޑިޒައިނާ އަލަން އަބްރަހަމެެވެ.

ބާގީގެ 3 ވަަނަ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355