twitterviber whatsapp telegramfacebookyoutube instagram
18th February 2020

ރާޔަން މި ފަހަރު ހެދި ޖޯކް ކަމަކުނުދިޔަ

Jul 26, 2018

ހޮލީވުޑްގެ ތަރިން ވަރިވުން މި ފަހުން ވެގެން ގޮސްފައިމި ވަނީ ޓްރެންޑަކަށެވެ. އެގޮތުން ބޮލީވުޑްގެ ޕްވާރ ކަޕްލް ޖޯލީއާއި ބްރެޑް ގެ ވަކިވުންވެސް ވެގެން ދިޔައީ އެދެމީހުންގެ ސްޕޯޓަރުނަށް ޝޮކެއް ލިބިގެން ދިޔަ ކަމަކަށެވެ.

ބްލޭކް ލައިވްލީއާއި ރާޔަން ރޭނޮލްޑްއަކީވެސް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދެ ތަރިންނެވެ. ހާއްސަކޮށް އެދެމެރިފިން ދެމީހުން ދެމީހުންނަށް މީޑިއާގައި ޖަހާ ޖޯކްތަކަކީ ދެމީހުންގެ އެކުވެރި ގުޅުން ދައްކުވައިދޭ ކަމެވެ.

އެހެންނަމަވެސް މި ފަހަރު ރާޔަން ބްލޭކާއި ބެހޭ ގޮތުން ބުނި ޖޯކު ފޭނުންނަށް ކަމަކު ނުދިޔަ އެވެ. އެދެމީހުން ވަކިވާފަދަ މާނައެއް ދޭހަވާ ގޮތަށް ރާަޔަން ހެދި މި ޖޯކުން ފޭނުންގެ ފަރާތުން ފާޑުންކިއުންތައް ވަނީ އަމާޒުވެފައެވެ.

ސެން ޑިއާގޯގައި ދާދިފަހުން ބޭއްވި ކޮމިކް ކޮން އިވެންޓުގައި ވާހަކަ ދައްކަމުން ރާޔަން ބުނީ ބްލޭކް މިދުވަސް ކޮޅު އުޅެނީ ފިލްމުގެ ސޫޓިންގައި ވަރަށް ބިޒީކޮށް ކަމަށާއި އެހެންކަމުން ރާޔަންއަށް ދަރިންބަލާކަމަށް ދެއްކެން ވަރަށް ގިނައިރު ލިބޭކަމަށެވެ. މަޖަލަކަށް ހަދާފައި އެއަށްފަހުން ރާޔަން ބުނީ އޭނާ ވާހަކަ މި ދައްކަމުން ދާއިރު ވެސް ބްލޭކް ޑައިވޯސް ޕޭޕަރު ފުރަން ހުރެދާނެކަމަށެވެ.

އޭނާގެ މިޖޯކުން ގިނަބަޔަކު ހީކުރީ އެދެމީހުން ވަކިވަނީ ކަމަށް ހީކޮށް ފޭނުން ތިއްބާ ދެންފެނުނީ އިވެންޓް ނިންމާފައި ދެތަރިން އެކުގައި އުޅުނު މަންޒަރެވެ. އަދި އޭގެ ފަހުން ބްލޭކްގެ ފޮޓޯއެއްވެސް ވަނީ ރާޔަން އިންސްޓަ ކޮށްފަ އެވެ. މިއާއެކު ރާޔަން ގެ ވާހަކަ އެއީ ޖޯކެއްކަން އެގި ފޭނުންވަނީ ފާޑު ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355