twitterviber whatsapp telegramfacebookyoutube instagram
21st May 2019

ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓް، ރައީސް އިފްތިތާހްކޮށްދެއްވައިފި

Sep 21, 2018

ސަރުކާރުން ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިފްތިތާހްކޮށްދެއްވައިފި އެވެ.

ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް އިފްތިތާހްކޮށްދެއްވީ ދާދި ދެންމެއަކު އެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތީ މޯލްޑިވިއަންގެ ފުލައިޓްގަ އެވެ. ބޯވާރޭތެރޭގައި އެތަނުގައި އެއްވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނާ ތެމިފޯވެގެން ހުންނަވައިގެން ރައީސް ދަނީ މުހާތަބު ކުރައްވަމުންނެވެ.

ހަމައެކަނި ރަންވޭ ނިމިފައިވާ އެއާޕޯޓްގައި ހުންނަވައިގެން ރައީސް ވިދާޅުވީ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެކަމަށެވެ.

އެމަނިކުފާނަން މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެސަރަހައްދަށް ޖަމާވެފަ އެވެ. އިއްޔެ ވަނީ އެއާޕޯޓްގެ ރަންވޭ ނިންމާ ފުރަތަމަ ޓެސްޓް ފުލައިޓް ވަނީ ޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355