twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން އެދިއްޖެ

Nov 22, 2018

ހަނިމާދޫ ވައިގެ ބަނދަރު ފުރިހަމަ ބައިނަލް އަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްދެއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު މުހައްމަދު އަސްލަމްއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ބޮޑުތިލަދުންމައްޗާއި ހދ އަތޮޅުގެ ތަރައްގީ އާއި ފަތުރުވެރިކަމާ ގުޅިފައިވަނީ ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްގެން ކަމަށާއި އެ އެއާޕޯޓް ވީހާވެސް އަވަހަކަށް ތަރައްގީކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވިގެންދާނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ބޭރުގެ ބޮޑެތި ބޯޓް ފަހަރު ޖެއްސިގެން ކަމަށެވެ. މިހާރުވެސް ހދ ގައި ފަތުރުވެރިކަން ކުރިއަށް ނުދެވިފައިހުރީ ދަތުރު ފަތުރުގެ ސަބަބުން ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް–

ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެވިއްޖެނަމަ އޭގެ ފައިދާ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ކުރާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާ ސީދާކޮށްނާއި ނުސީދާކޮށް އުފެދި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

މާލޭގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމްވެސް ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355