twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކައިވެންޏަށްފަހު ރަންވީރު އަނބުރާ މަސައްކަތަށް

Nov 26, 2018

ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރާ އެކްޓަރު ރަންވީރު ސިންގް ކައިވެންޏަށް ފަހު އަލުން އަނބުރާ ފިލްމީ މަސައްކަތަށް ނުކުމެއްޖެ އެވެ.

ދިޕިކާ ޕަޑްކޯން އާއި މިމަހު 15 ގައި ކައިވެނިކޮށް މިހާ އަވަހަށް ރަންވީރު ފިލްމީ މަސައްކަތްތަކަށް ނުކުމެފައިވާއިރު އަންނަ ޑިސެމްބަރ 1 ގައި ފިލްމީ ދާއިރާގެ ފަރާތްތަކަށް ހާއްސަކޮށް ހަފްލާއެއްވެސް ބޭއްވުމަށް އެ ދެ މީހުން ވަނީ ނިންމާފަ އެވެ.

ރަންވީރު މިހާރު އެންމެ ބުރަކޮށް އުޅެނީ އަންނަ ޑިސެމްބަރު މަހު 28 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ސިންބާގެ މަސައްކަތުގަ އެވެ.

ރަންވީރު ގެ “ސިންބާ” ގެ ޕޯސްޓަރެއް–

ރޯހިތް ސެޓީ ޑައިރެކްޓް ކުރާ އެކްޝަން-ތްރިލާ މިފިލްމުގައި ރަންވީރާއެކު ފެނިގެން ދާނީ ސާރާ އަލީ ޚާނެވެ. މިހާރު މި ފިލްމުގައި ކުރިއަށްދަނީ ޑަބިންގެ މަސައްކަތެވެ.

މި ފިލްމުގައި ރަންވީރު އަދާ ކުރަނީ ފުލުހެއްގެ ރޯލެވެ. މި ފިލްމުގައި ރަންވީރު ކެރެކްޓާ އެންމެ އެއްގޮތީ ދަބަންގްގައި ސަލްމާން ޚާން އަދާ ކުރާ ރޯލާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މި ފިލްމުގައި ދެން ފެނިގެންދާނީ ސޯނޫ ސޫދް، އަޝުތޯޝް ރާނާ އަދި އަޖޭ ދޭވްގަން ކެމޯ ރޯލަކުން ފެނިގެން ދާނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355