twitterviber whatsapp telegramfacebookyoutube instagram
26th April 2019

ކުޅުދުއްފުށީގައި ބާއްވާ ދިވެހި ބޭހުގެ ދެވަނަ މެޑިކަލް ކޭމްޕް ޑިސެމްބަރުގައި

Nov 26, 2018

ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ (ސީޓީއެމް) ގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ދެވަނަ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕް އަންނަ ޑިސެމްބަރު މަހު 04 ން 13 އަށް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ ގަހަނާގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ވެސް ބަލި މީހުން ބެލުމާއި ދިވެހި ބޭހުގެ ފަރުވާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކްލިނިކުގެ ފަރާތުން ބަލި މީހުން ބެލުމަށް އިސް މީހަކަށްވެސް ހުންނަވަނީ ކްލިނިކްގެ ސީނިއަރ ޓްރެޑިޝަނަލް ފްރެކްޓިޝަނަރ މުހައްމަދު އަހުމަދެވެ. ބަލި މީހާއަށް ބޭނުންވާ އިތުރު ފަރުވާ ފޯރުކޮށްދިނުމަށް އެކުލިނިކުގެ ބޭފުޅުން ކޭމްޕް ކުރިއަށްދާ ވަގުތު އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް އެ ކްލިނިކުން މައުލޫމާތު ދެއެވެ.

އެކްލިނިކުން ދެއްވާ ހިދުމަތްތަކުގެ ތެރޭގައި

– ރާއްޖެ ބަލީގެ ތަފާތު އުނދަގޫތަށް

– މައިކައްޓާއި އުނަގަނޑުގެ ރިހުމަށް

– އަކުނިވަޔަށް ދެމުން، ނާރުތަކުގައި ގޮށްލުން، އައްސިވުން

– ތުރުތުރު އެޅުމާއި ވާގިނެތުން

– ޖެހިތަދުވެ ހާނިކަވުން، ކަށިގަނޑުގައި ރެދުލުން

– ފައިފުރޮޅުމާއި، ހުޅުނެއްޓުން

– ތަންތަނަށް ތަދުއެރުން، ނާރުއެރުން

– ބަނޑުގައި އުފެދޭ ވަޔަށް ( ގޭސްޓްރިކް މައްސަލަތައް)

– ދުވަސްވީ ހޮޑުލުމަށާއި، މޭނުބައިކުރުން

– މެއިން ދިލަ ނެގުމާއި އެތެރެ ހަށީން ހޫނުއެރުމަށް

– މައިދާއާއި ގޮހިރުގެ ފާރުހިކުމަށް

– ޕައިލްސް އުދަގޫތަކަށް (ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލިތަކަށް)

– އަރިދަފުސް ރޯގާއާއި، ކެއްސުން

– ނޭވާހިއްލުމަށާއި، ނޭވާލާން ދަތިވުން

– ބޯއެބުރުމާއި ބޮލުގަރިހުމަށް

– ބޮލުން ހަން ފޮޅުމާއި، އިސްތަށިފޭބުމަށް

– ކުޑަކަމުދިއުމާއިބެހޭ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް

– ކުޑަގިފިލު ދަތިވުމަށާއި، ކުޑަކަމުދާ ހޮޅު ސާފުކުރުމަށް

– ގައިކެހުމާއި ފިއްނެގުމަށް

– ދަދު ފަދަ ތަފާތު ހަމުގެ ބަލިތައް

އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާދެ ހޯދުމަށް 9751170/ 3321170/ 3320105 ނަންބަރާ ގުޅުވުމަށް އެފަރާތުން އެދެއެވެ.

މި އަހަރު ޖުލައިމަހުވެސް އެ ކްލިނިކުން ވަނީ ކުޅުދުއްފުށީގައި ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ބާއްވާފަ އެވެ. އެ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސީޓީއެމްއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355