twitterviber whatsapp telegramfacebookyoutube instagram
20th May 2019

ކަނޑު އިބިލީހުގެ ފުރަތަމަ ސޯވ ކުޅުދުއްފުށީގައި

Dec 6, 2018

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ ޑައިރެކްޝަން އެއްކަމަށްވާ ކަނޑު އިބިލީހުގެ ޕުރިމިއަރ ސޯވ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވައިފިއެވެ.

ވަރަށް ކުލަގަދަ ހަފުލާއަކާ އެކު އިއްޔެ ހަވީރު ރެޑް ކާޕެޓްގައި ބޭއްވި މި ޕުރިމިއަރ ސޯވ ސަރަފު ވެރިކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފް އެވެ. ކުޅުދުއްފުށީ ދައްސޫރަ ބޮޑުބެރު ގުރޫޕުގެ ލަވަޔަކާއި އެކު ފެށުނު މި ސޯވ ގައި ކުޅުދުއްފުށި އަންހެން ކުދިންގެ ޑާންސްގެ ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައެވެ.

ކޮޕީ އިއްސެ ކޭއޯ އަށް މައުލޫމާތު ދެމުން ބުނީ މި ފިލްމަކީ އިންޑިޕެންޑެންސް ޒޯން ގެ ފުރަތަމަ ޕުރޮޑަކްސަން ކަމަށާއި މި ފިލްމްގެ ފުރަތަމަ ސޯވ އަޅުވާފައި މި ވަނީ ކުޅުދުއްފުށީގައި ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލުމްގެ ބޮޑުބައި ކުޅެފައިވަނީ ކުޅުދުއްފުށީގައި އެވެ. އަދި ކުޅުދުއްފުށީގެ ގިނަ ބަޔަކު މި ފިލުމުން ހަރަކާތްތެރިވެސް ވެފައި ވެއެވެ.

މި ހަފްލާގައި މިކަމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ވަނީ ހަނދާނީ ލިއުމެއް ހަވާލުކުރެވިފައެވެ. އަދި އިތުރު ސޯވ ތަކެއް އަތޮޅު ތެރޭގެ ރަށް ރަށުގައި އެޅުވުމަށް ވަނީ ހަމަ ޖެހިފައި ކަމަށް އިއްސެ ހާމަކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355