twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޑެކަގަން ކަޕް: އެންމެ ގިނަ ޕޮއިންޓާއެކު މާޒިންސް ސެމީއަށް ދަތުރުކޮށްފި

Dec 16, 2018

ޑެކަގަން ކަޕްގެ އެންމެ މޮޅު ޓީމެއްގެ ގޮތުގައި ނޭކުރަންދޫ މާޒިންސް ސެމީއަށް ދަތުރުކޮށްފި އެވެ.

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ސެމީއަށް މާޒިންސް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އެންމެ މޮޅު ޓީމުގެ ގޮތުގަ އެވެ. ދެން ގުރޫޕް ބީ ސެމީއަށް ގޮސްފައިވަނީ އެކްސް ޒީރޯ އެވެ. އެކްސް ޒީރޯ ސެމީއަށް ދަތުރުކުރީ ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު އެވެ.

ނޭކުރަންދޫގައި ބާއްވަމުން އަންނަ މިމުބާރާތްތަކީ ބައިލައްކަ ރުފިޔާއަށް ވުރެ އަގުބޮޑު މިމުބާރާތުގެ ގުރޫޕް އޭ އިން ސެމީއަށް ދަތުރުކޮށްފައިވަނީ ކުލަބު ސިވިކް އަދި ހދ ކުމުންދޫ އެވެ. ކުލަބު ސިވިކް ސެމީއަށް ދަތުރުކޮށްފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެގެން 7 ޕޮއިންޓާއެކު ގުރޫޕްގެ އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކުމުންދޫ އެފްސީ ސެމީއަށް ގޮސްފައިވަނީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެ 5 ޕޮއިންޓާއެކު އެވެ.

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕް ފަށައިފި

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މިއަދު އާއި މާދަމާ އެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށް 35000ރ ދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލު މެޗު އޮންނަނީ މިމަހު 19 ވަނަ ދުވަހު ހަވީރު އެވެ.

މިމުބާރާތް ސްޕޮންސަރކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ޑައިރެކްޓް ލޮގިސްޓިކް އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355