twitterviber whatsapp telegramfacebookyoutube instagram
20th May 2019

ކައިވެނި ކުރިކަން މައިލީ ޔަގީންކޮށްދީފި

Dec 27, 2018

މައިލީ ސައިރަސްއާއި ލިއަމް ހެމްސްވޯތްގެ ކައިވެނީގެ ވާހަކަ މީޑިއާގައި ދެކެވެމުން ދަނިކޮށް ކައިވެނީގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ޝެއާރ ކުރުމަށްފަހު ކައިވެނިކުރިކަން މައިލީ ޔަގީންކޮށްދީފި އެވެ.

2010 ވަނަ އަހަރު އެކުގައި ކުޅުނު ލޯބީގެ ފިލްމް ދަ ލާސްޓް ސޯންގް ގެ ސެޓުން ދެ ތަރިން ދިމާވެ ލޯބީގެ ގޮތުން ގުޅިފައިވަނީ 2012 ވަނަ އަހަރު އެވެ. މައުލޫމާތު ލިބިފައިވާގޮތުން ދެތަރިންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ އާއިލާއަށާއި ގާތް ރަހުމަތްތެރިންނަށް އެކަންޏެވެ.

2013 ވަނަ އަހަރު ދެތަރިން ވަކިވުމަށްފަހު އަލުން ގުޅިފައިވަނީ 2015 ވަނަ އަހަރުއެވެ. މި ދެތަރިންގެ ކައިވެނި ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ޓެންސަސްގަ އެވެ.

ދެ ތަރިންގެ ކައިވެންޏަށްފަހު ދެން އެންމެ އަވަހަށް ފެނިގެންދާނީ ލިއަމްގެ ފިލްމެކެވެ. އެއީ އަންނަ އަހަރު ފެބްރުއަރީ 14 ގައި ރިލީޒްކުރާ އިޒިންޓް އިޓް ރޮމޭންޓިކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355