twitterviber whatsapp telegramfacebookyoutube instagram
21st May 2019

ބަލިތަކުން ދުރުހެލިވެ ތިބުމަށް ދުރާލާ ފިޔަވަޅު އެޅުން މުހިންމު: ރައީސް

Dec 30, 2018

އެންމެ މުޖައްރިބު ފަރުވާއަކީ، ސިއްހަތަށް ފައިދާ ހުރި ކާނާއާއި ހަރަކާތްތެރި ދިރިއުޅުން ކަމަށާއި ދިވެހިންގެ ވިސްނުން ބަހައްޓަންވީ ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާ އިފްތިތާހުކޮށްދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށާއި އެގޮތުން ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ބޭސްފަރުވާއަކީ ދުޅަހެޔޮ ސިއްހަތެއްގެއެއް ފަރާތްކަމަށާއި އޭގެ އަނެއް ފަރާތަކީ  ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ސިއްހަތަށް ފައިދާހުރި ކާނާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކޮންމެ އާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ އެ އާއިލާއެއްގެ ދަރީންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކުދިންގެ އެންމެ ތުއްތު ޢުމުރުގައި އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ހާސިލު ނުކުރެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ސިއްހަތަށް ފައިދާ ހުރި ކާނާއާއި ހަރަކާތްތެރި ދިރިއުޅުމެއް ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355