twitterviber whatsapp telegramfacebookyoutube instagram
20th June 2019

ރަހިމުގެ ދޮރަށް އަދި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގަނީ

Jan 8, 2019

ރަހިމުގެ ދޮރަށްޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އަންނަ މާރޗުމަހު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ހދ އަތޮޅު ހެލްތް ސާވިސަސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުރަމަތި ކެންސަރަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނުންނެވެ.

އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ދެ ވައްތަރެއްގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު، ވިޝުއަލް އިންސްޕެކްޝަން ވިތް އެސެޓިކް އެސިޑް (ވީއައިއޭ) ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50-30 އަހަރާ ދެމެދު އަންހެނުންނެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ޕެޕް ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަންހެން ބޭފުޅުންނެވެ.

މި ސްކްރީން ޕްރޮގްރާމުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 400 ފަރާތަށެވެ. ޕްރޮގްރާމުގައި ނަން ނޯޓް ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން 8 ޖެނުއަރީން ފެށިގެން 15 ޖެނުއަރީއައި ދެމެދު އެވެ. އެގޮތުން ރަސްމީ ގަޑީގައި އައިޑީ ކާޑު ހިފައިގެން ޕަބްލިކް ހެލްތް ޔުނިޓަށް ދުރުވެ ނުވަތަ 6527011 ނަންބަރު ފޯނަށް ގުޅައިގެންވެސް ނަން ނޯޓް ކުރެވޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355