twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޒީރޯ ޕްލާސްޓިކް ދުވުމުގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

Feb 1, 2019

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އޮތް “ޒީރޯ ޕްލާސްޓިކް” ދުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ދުވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބޭއްވި މި ހަރަކާތަކީ އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355