twitterviber whatsapp telegramfacebookyoutube instagram
21st May 2019

ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި މިއަހަރުތެރޭ ތަންފީޒުކުރަން ފެށޭނެ: ރައީސް

Feb 7, 2019

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރުތެރޭ ފެށޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް، އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދުމަށްޓަކާ “ހައުސިންގް ނީޑް އެސެސްމަންޓެއް” ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް ނިމުމުން ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރުތެރޭ ފެށޭނެކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތައް ބީލަމަށްލުމުގެ މަސައްކަތަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެކިރަށްރަށުގައި އަޅާ 550 ހައުސިން ޔުނިޓުގެ މަސައްކަތް ބީލަމަށް ލުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، ނޭޝަނަލް ހައުސިންގ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރާނީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355