twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކުޅުދުއްފުށީ އެއާޕޯޓް ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެންނަ ބާރުއަޅާނަށް: ޓޫރިޒަމް މިނިސްޓަރު

Feb 8, 2019

ކުޅުދުއްފުށީ އެއާޕޯޓް ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެންނަ ބާރުއަޅުއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތު ކުޅުދުއްފުށީ އެއާޕޯޓް އޮޕަރޭޝަންތައް ފެށުމަށް ބާރުއަޅުއްވާނެ ކަމަށާއި އެއީ ފަތުރުވެރިން ފަތުރުވެރިން މިސަރަހައްދުގައި ފުޅާކުރެވޭނީ އެއާޕޯޓްގެ ހިދުމަތް ފެށިގެން ކަމަށްވާތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ބައެއް ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރީ ސަރުކާރު ހެދި އެއާޕޯޓެއް ވިޔަސް، އެއާޕޯޓަކީ އޭގެ ފައިދާ ހޯދޭނެ އެއާޕޯޓެއް ކަމަށެވެ. އަދި މިހާރުގެ އަމާޒަކަށްވާންވާނީ އެއާޕޯޓުން ފައިދާ ހޯދުން ކަމަށެވެ.

އަދި ކުޅީގެ ބާކީ ބައި ހިމާޔާތްކޮށް ރައްޔިތުންނަށް އޭގެ މަންފާކުރަން ޖެހޭނެ ކަމަށެވެ.

އެއާޕޯޓް އޮޕަރޭޝަނަށް ގެންނަ ހުރި ކަންތައްތައް ބެލުމަށް އައިލެންޑް އޭވިއޭޝަންގެ ޓީމެއް ކުރިއަށް މިއޮތް ދެ ހަފްތާތެރޭގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެކަމަށް އެފަރާތްތަކާ ހަވާލާދީ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެސްއެމްއީ ބޭންކަކީ ޒުވާނުންނަށްވެސް ފަސޭހައިން ލޯނު ލިބިގެންދާނެ ބޭންކެއް ކަމަށާއި އެއީ ސީދާ ގެސްޓްހައުސް ހަދަން ބޭނުންވާ ފަރާތްތަކަށް މާބޮޑު ބުރައަކާ ނުލައި ލޯނު ލިބޭނެ ބޭންކެއް ކަމަށެވެ. އެހެންވުމުން ގެސްޓްހައުސް ވިޔަފާރިކުރަން ބޭނުންވާ ޒުވާނުން އެސްއެމްއީ ބޭންކު ހިއްސާ ހޯދުމަށް ތައްޔާރުވުމަށް މިނިސްޓަރު އެދިވަޑައިގަންނެވި އެވެ.

ކުޅުދުއްފުށީގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ވިސްނުން މިނިސްޓްރީގައި ގެންގުޅޭތޯ ޒުވާނަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީކުރާނީ ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. މިނިސްޓަރު އަމިއްލަ ހަސިއްޔަތު ކުޅުދުއްފުއްޓަށް ގެސްޓްހައުސް ވިޔަފާރި ގެންނަ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

” ކުޅުދުއްފުށީގެ ލޭންޑްޔޫސް ޕްލޭން ކައުންސިލަށް ނިންމޭނީ ރައްޔިތުންގެ ވިންދާއެއްގޮތަށް. އެހެންވީމަ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ގޮތް ނިންމާފަ އެގޮތް ފާސްވެގެން ޓޫރިޒަމް މިނިސްޓްރީއަށް އަންނަ ހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ފަށާނީ އެކަން ކުރަން. ” މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތް ނިންމާ އެ މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީގެ ފަރާތުން ކޮށްދޭން ޖެހޭ ކަންތައްތައް ބާރު ސްޕީޑްގައި ކޮށްދީ ނިންމައިދޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގ މަސައްކަތް އެއްކޮށް ނިންމާނުލެވެނީސް އެއާޕޯޓް ހުޅުވައިދެއްވީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް އޭރުގެ ރައީސް އަބުދުﷲ ޔާމީނެވެ. ޓެސްޓް ފްލައިޓްގެ އިތުރުން ރައީސް ޔާމީން އެއާޕޯޓް ހުޅުވަން ވަޑައިގަންނެވި ފުލައިޓާއި ރިޔާސީ އިންތިހާބަށް ވޯޓުލުމަށް މާލެގެ އުޅޭ ކުޅުދުއްފުށީ މީހުން ދެ ފްލައިޓްގައި އެ އެއާޕޯޓަށް ގެނެސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355