twitterviber whatsapp telegramfacebookyoutube instagram
26th April 2019

މަކިޓާ ޖޫނިއާރ އެތްލެޓިކްސްގައި މިއަހަރު 21 ސްކޫލަކާއި 11 ކުލަބެއް

Feb 27, 2019

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ މަކިޓާ ޖޫނިއާރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލުމާއި އެކު 21 ސްކޫލަކާއި 11 ކުލަަބަކުން ބައިވެރިވެއްޖެ އެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގަ އެވެ.

އެގޮތުން ބައިވެރިވެފައިވާ ކްލަބުތަކަކީ:

– ރޭސާސް

– ޖީއެން ވޮލެންޓިއާރސް

– ކްލަބު މުގޫ ސްޕޯޓްސް

– ކްލަބް ކާމް ސްޕޯޓް

– ކްލަބް ރައިވެރިޔާ

– ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަން

– ކޭވައި ސްޕޯޓް އެކަޑެމީ

– ސާއިދު ސްޕޯޓް

– ދަ ބްލެކް މާރލިން

– ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން

– ރައުހަތު ސްޕޯޓްސް

ބައިވެރިވެފައިވާ ސްކޫލް ތަކަކީ:

– ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް

– އައްޑޫ ހައި ސްކޫލް

– ފޭދޫ ސްކޫލް

– ހިތަދޫ ސްކޫލް

– އިރުސާދިއްޔާ ސްކޫލް

– ކެންގަރޫ ކިޑްސް

– މަރަދޫ ފޭދޫ ސްކޫލް

– މަރަދޫ ސްކޫލް

– ޝަރަފުއްދީން ސްކޫލް

– ދާންދޫ ސްކޫލް

– ފޯކައިދޫ ސްކޫލް

– ފުވައްމުލަކު ސްކޫލް

– ޏ. އަތޮޅު ތައުލީމީ މަރުކަޒު

– ހާފިޒް އަހުމަދު ސްކޫލް

– މުހައްމަދު ޖަމާލުއްދީން ސްކޫލް

– ލ. އަތޮޅު ސްކޫލް

– މަޑުއްވަރީ ސްކޫލް

– މަކުނުދޫ ސްކޫލް

– ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް

– ވިލާ އިންޓަނޭޝަނަލް ސްކޫލް

– ގއ އަތޮޅު ތައުލީމީ މަރުކަޒު

މި މުބާރާތް ކުރިއަށް ދާނީ އަންނަ މާޗުމަހު 24 ން 28 ށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހު 14 ގެ ނިޔަލަށެވެ.

ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އުމުރުފުރާތަކަކީ 13 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ، 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ، 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންނެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންޓީމަށް 7000.00ރުފިޔާ ދެވަނަ ޓީމަށް 5000.00ރުފިޔާ އަދި ތިންވަނަ ޓީމަށް 3000.00 ރުފިޔާގެ އިނާމު ވެސް ވަނީ ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355