twitterviber whatsapp telegramfacebookyoutube instagram
26th April 2019

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ އިންޓަރ އޮފީސް ވޮލީ މުބާރާތް އެޕްރީލްމަހު،ބައިވެރިވުމަށް ހުޅުވާލައިފި

Mar 7, 2019

ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައފި އެވެ.

އޭޕްރިލް 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައ ބައިވެރިވުމަށް ހުށައަޅާ ފޯމާއި މުބާރާތުގެ ގަވައިދު އެ އެކަޑެމީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ޓީމް ލިސްޓް އޭޕްރިލް 15 ގެ ކުރިން ހުށައަޅަން ޖެހޭއިރު ބައިވެރިވުމުގެ ސުން ގަޑިއަކީ 1 އޭޕްރިލްއެވެ. އަދި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ނެގޭނެ އެވެ.

މިއީ ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބަރާތެއް ކަމަށާއި މި މުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެވެ.

ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މިިދިޔަ އަހަރާ ތަފާތުކޮށް މި އަހަރު ފަސްޓް ޑިވިޝަންގެ 1 ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ އެކަޑެމީން މައުލޫމާތު ދެއެވެ.

މި މިއަހަރުވެސް ހާއްސަކޮށްފައިވަނީ އޯޓިޒަމް ކުދިންނަށެވެ. އެގޮތުން މުބާރާތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލައިކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެގޮތުން މި އަަހަރު ޗެމްޕިއަން ޓީމަށް ޓްރޮފީއާއެކު ފައިސާގެ އިނާމު ހުށައެޅިފައި ވެއެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެނަކަ އެވެ. އެމްއެންޔޫ އަދި ފެނަކަ ބައްދަލުކުރި މި މެޗު ފެނަކަ ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355