twitterviber whatsapp telegramfacebookyoutube instagram
17th June 2019

ފޯޓީ ޕުލަސް ތިލަދެކުނު ސިނަމާގައި އަޅުވަނީ

Mar 10, 2019

ހެއްވާ މަޖާ އަދި ބިރުވެރި ފިލްމް ” ފޯޓީ ޕުލަސް ” މި މަހު 14 އަދި 15 ވަނަ ދުވަހު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވަން ހަމަޖެހިއްޖެވެ.

ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ޓިކެޓް ލިބެން ހުންނާނީ ކުޅުދުއްފުށީ ޕުލޭގުރައުންޑް ފިހާރައިންނެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ، ޓިކެޓް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 9704448 އެވެ.

ފިލްމް އެޅުވުމަށް ކުޅުދުއްފުށީގައި އިސްކޮށް އުޅޭ ފަރާތަކުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ފުރަތަމަ ޝޯވ ވަނީ މިހާރު ފުލް ވެފައިކަމަށާއި މިހާރު ވިކެމުން ދަނީ ދެވަނަ ޝޯވގެ ޓިކެޓް ކަމަށެވެ އަދި ދެވަނަ ޝޯވ ފުލް ވެއްޖެ ނަމަ ތިންވަނަ ޝޯ އެއް އެޅުވުމަށް ވެސް ވިސްނަމުން ދާކަމަށެވެ.

އިސްމާއިލް ޝަފީޤް ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ސަފީއު ( ޔޫއްޕެ ) ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355