twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ފުނަދޫ އެއާޕޯޓް ދެދުވަހެއްގެ ތެރޭ އެއްކޮށް ނިންމާލެވޭނެ

Mar 14, 2019

ފުނަދޫ އެއާޕޯޓްގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ބުނީ ފުނަދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން ޓެސްޓް ފްލައިޓްތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ފުނަދޫ އެއާޕޯޓްގެ އިތުރުން އެމްޓީސީސީން މިހާރު ދަނީ ކުޅުދުއްފުށީ އެއާޕޯޓާއި މާވާރުލުގެ އެއާޕޯޓްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފުނަދޫ އެއާޕޯޓްގެ ބިން ހިއްކާފައިވަނީ އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރުންނެވެ. އެއާޕޯޓުގެ މަޝްރޫއުއަށް ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ދަށުން އެރަށުގައި 1200 މީޓަރު ދިގު ރަންވޭއެއް އަޅާފައި ވެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާފައެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355