twitterviber whatsapp telegramfacebookyoutube instagram
21st May 2019

ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ސަރުކާރުން ވަރަށް އަވަހަށް އިއުލާންކުރާނެ: ޔާސިރު

Mar 17, 2019

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ބޯހިޔާވަހިކަމުގެ އާ މަޝްރޫއުއެއް ސަރުކާރުން ވަރަށް އަވަހަށް އިއުލާނުކުރައްވާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުރުވެރި އާއިލާއެއް ގެނެސްދޭނެކަމުގެ ޔަގީންކަމާއެކު ކަމަށް ވިދާޅުވަމުން ޔާސިރު ވިދާޅުވީ ފަހުރުވެރި އާއިލާއެއް ހީދުމަށް އެންމެ ބޮޑު އެއްކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. އެ ވައުދުތައް ސަރުކާރުން ފުއްދަވާނެކަމާމެދު ޝައްކުނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

“އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ ބޯހިޔާވަހިކަން ކަށަވަރުކުރެވިގެންދާނެކަން. އަދި ހަމަ ވަރަށް އުފަލާއެކީގައި ދަންނަވަން. ސަރުކާރުގެ ޕްރޮޖެކްޓެއް މިއަދު މިރަށަށް އިއުލާން ނުކުރެވި އޮތްކަމުގައިވިޔަސް ދާދި އަވަހަށް ﷲ އިރާދަކުރެއްވިޔާމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް މިރަށަށް އިއުލާންކުރެވިގެންދާނެ.” އެމްޑީޕީ ކެނޑިޑޭޓް ޔާސިރު ވިދާޅުވި އެވެ.

އާންމުގެ ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ޔާސިރުވަނީ އެޖެންޑާ 19 ގައި ހިމެނޭ މުހިންމުކަންތައްތައް ރައްޔިތުންނަށް ތަފްސީލުކޮށްދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355