twitterviber whatsapp telegramfacebookyoutube instagram
20th October 2019

މެދު އިރުމަތީގައި ބޭނުންކުރާ އެންމެ މަޝްހޫރު ޓެކްސީ އެޕް އޫބާ އިން ގަނެލައިފި

Apr 2, 2019

ދުނިޔޭގެ އެކި ގައުމުތަކުގައި ޓެކްސީ ކުރުމަށް އިންގިލާބެއް ގެނައި އޫބާއިން މެދުއިރުމަތީގެ ގައުމުތަކުގައި ބޭނުންކުރާ އެންމެ މަޝްހޫރު އެފަދަ އެޕެއް ކަމުގައިވާ "ކަރީމް" ގަނެލައިފި އެވެ.

ޕްރައިވެޓް ކާރު ދުއްވާފަރާތްތަކަށް ޓެކްސީ އެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ ގޮތް ފުރަތަމަ ތައާރަފް ކުރި އޫބާއިން ދަނީ އެކިގައުމުތަކަށް އެކުންފުނީގެ ހިދުމަތް ފުޅާކޮށް ދުނިޔޭގެ މާކެޓްގައި ވަކިހިއްޕަމުންނެވެ.

އޫބާ މިސާލަކަށް ބަލައިގެން "ކަރީމް" އުފައްދާފައިވަނީ 2012 ވަނަ އަހަރު އެވެ. އަދި އެކުންފުނި ވަނީ 15 ގައުމެއްގައި ހިދުމަތް ދޭންފަށާފައެވެ. އެގޮތުން ޔޫއޭއީ، ސައޫދީ އަރަބިއާ، ޖޯޑަން، މިސްރު، މޮރޮކޯ އަދި ޕާކިސްތާނުގައި އެކުންފުނި ދަނީ ހަރަކާތްތެރި ވަމުންނެވެ.

އޫބާއިން ކަރީމް ގަނެފައި ވަނީ 3.1 މިލިޔަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޫބާ އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނި ތަކުގެ ތެރެއިން އެއްކުންފުންޏެވެ. ބެލެވޭގޮތުގައި މިހާރު އޫބާގެ ވެލިއު އަކީ 120 ބިލިޔަން ޑޮލަރެއެވެ. މިއަހަރު ތެރޭގައި އޫބާ ޕަބްލިކް ކުންފުންޏަކަށް ހަދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355