twitterviber whatsapp telegramfacebookyoutube instagram
17th June 2019

ބޮރޮކޮލީ - ނުކައި ދޫކޮށްނުލާ

ނަބީލާ އިސްމާޢީލް
Apr 2, 2019

ޒަމާނަށް އަންނަ ތަރައްގީއާއެކު މީހުންނަށް ވެސް ތަންދޮރު އޮޅުންފިލާ ފައިދާ ހުރި ތަރުކާރީތައް އެނގި އެ ބާވަތްތައް ބޭނުންކުރަމުން އަންނަ މީހުން މަދުން ނަމަވެސް އިތުރުވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ކުރިން އާންމުކޮށް ދިވެހި ބާޒާތުތަކުން ފެންނަން ނުހުންނަ ބައެއް ތަރުކާރީ މިހާރު ދިވެހި ބާޒާރު ތަކުގައި އާއްމުވެފައި އެބަހުއްޓެވެ.

އެގޮތުން ބޮރޮކޮލީ އަކީ ވަރަށް ގިނަ ފައިދާ ހުރި މާއްދާތަކުން މުއްސަނދި ވެފައިވާ ފެހިކަން ގަދަ ތަރުކާރީއެކެވެ. އޭގެ ތެރޭގައި ގިނަ މިންވަރަކަށް ވިޓަމިން ހިމެނުމާއެކު މިނަރަލްސް އާއި ފައިބާރ ވެސް ހިމެނޭ ކެލޮރީ މަދު ތަރުކާރީއެކެވެ. ހަޖަމުކުރާ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމުގެ އިތުރުން ލޭގެ ޕުރެސަރ ދަށްކޮށްލަދޭ ވަރަށް ރަނގަޅު ތަރުކާރީއެކެވެ.

ސަރުބީ އެއްވެސް ވަރަކަށް ނުހުންނަ މި ތަރުކާރީ ތަފާތު އެކި ގޮތް ގޮތަށް ކެއުމުގައި ބޭނުން ކުރެވޭއިރު ރޯ ނުފިލުވާވެސް ބޭނުން ކޮށްލެވިދާނެ ނުވަތަ ސްޓީމް ކޮށްލައިގެ ނޫނީ ކައްކައިލައިގެން ނުވަތަ ސްމޫތީއެއް ތައްޔާރުކޮށްލައިގެން ވެސް ބޭނުންކޮށްލަން ރަނގަޅުވާނެވެ. ނަމަވެސް މި މީރު ތަރުކާރީ މާގިނަ އިރު ކެއްކިއްޖެނަމަ މީގެން ލިބެންވީ ފައިދާ އެންމެ ފުރިހަމައަށް ނުލިބުން އެކަށީގެންވޭ، އަދި ކުޑަކޮށް ކައްކާލުމުން ލިބެންވީ ފައިދާ ފުރިހަމައަށްލިބުމާއެކު އަނގަޔަ މީރުވެއެވެ.

ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކުން ދުވަހުގެ ޑައެޓް ގައި ހިމަނާލަން އެންމެ މުހިންމު އެއް ތަރުކާރީ އަކީ ބޮރިކޮލީއެވެ. މިއީ ކަށިތައް ވަރުގަދަކޮށްދީ ލޭ މައްޗަށް ދިއުމުން ދުރުކޮށްދޭ ތަރުކާރީއެއްވެސްމެއެވެ. ކައްކައިގެންނަށް ވުރެން ސްޓީމް ކޮށްލައިގެން މިތަރުކާރީގެ ފައިދާ ފުރިހަމައަށް ލިބެއެވެ.

މި ތަރުކާރީ އަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ އިރުން ކެންސަރާ އިދިކޮޅަށް މަސައްކަތް ކޮށްދޭ ތަރުކާރީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355