twitterviber whatsapp telegramfacebookyoutube instagram
20th October 2019

ހޮލީވުޑްގައި ކުރިއަށްހުރި ބަލަންޖެހޭ ފިލްމުތައް

ޚަދީޖާ އާދަމް
Apr 2, 2019

މި އަހަރަކީ ހޮލީވުޑް ޝައުގުވެރި އެތައް ފިލްމުތަކެއް ނެރުމަށް ހަމަޖެހިފައިވާ އަހަރެކެވެ. ޔަގީނުން ވެސް ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރާ އެތަކެއް ފިލްމުތަކެއް މި އަހަރުތެރޭ ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މި ލިސްޓުގައި ކުރިއަށް ހުރި ފާހަގަ ކޮށްލެވޭ 5 ފިލްމެއް ހިމަނާލާނަމަވެ.

އެވެންޖާރސް: އިންޑް ގޭމް

މިއީ އަންނަ މަހު 26 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެވެންޖާރސް ސީރީޒްގެ މިހާތަނަށް ނެރޭ އެންމެ ދިގު ފިލްމެވެ. ފިލްމުގެ ދިގު މިނަކީ 182 މިނެޓެވެ. މީގެ ކުރިން މާވެލްއިން ނެރުނު އެންމެ ދިގު ފިލްމަކީ 2018 ވަނަ އަހަރު ނެރުނު އެވެންޖާރސް : އިންފިނިޓް ވާރ އެވެ. އެއީ 142 މިނެޓްގެ ފިމްކެވެ. އަދި ހަބަރުތަކުން ރިޕޯޓް ކުރާ ގޮތުގައި އެވެންޖާރސް: އިންޑް ގޭމް މިއީ އެވެންޖާރސް ސީރީޒްގެ އެންމެ ފަހުވެސް ފިލްމެވެ.

ޕޯކިމޯން ޑިޓެކްޓިވް ޕިކަޗޫ

ޕޯކިމޯން ކާރޓޫން ގެ ކެރެކްޓާ ޕިކަޗޫއަށް ހަދާފައިވާ މި ފިލްމަކީ ޕޯކިމޯން ކާރޓޫންގެ ފޭނުންނަށް ވަރަށް ކަމުދާނެ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދޭނީ ޒުވާނަކު ޑިޓެކްޓިވް ޕޯކިމޯން އާއިއެކު އޭނާގެ ގެއްލިފައިވާ ބައްޕަ ހޯދުމަށް ކުރާ މަސައްކަތެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މޭ 10 ވަނަ ދުވަހުއެވެ.

އަލާއުއްދީން

ޑިޒްނީގެ ކަރޓޫންތަކުގެ ލައިވް އެކްޝަން ފިލްމަށް ލިބުނު ތަރުހީބަށް ބަލާއިރު މި ފިލްމު ވެގެންދާނީ މި އަހަރު ނެރޭ އެންމެ ކާމިޔާބު ފިލްމަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މި ކާރޓޫންއަކީ 1992 ޑިޒްނީ ނެރުނު ކާރޓޫނެކެވެ. މީގެ ކުރިން ނެރުނު ބިއުޓީ އެންޑް ބީސްޓުގެ ލައިވް އެކްޝަން ފިލްމަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަލާއުއްދީން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 24 މޭ ގަ އެވެ.

ޓޯއީ ސްޓޯރީ 4

މިއީ އަނެއްކާވެސް ކާމިޔާބު ސީރީޒްގެ ފިލްމެކެވެ. ޖޫން 21 ގައި ނެރޭ ފިލްމުގައި ދައްކުވާދެނީ ބަޒް އައި ވުޑީ އަދި ގޭންގުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުން ތަކެކެވެ.

ދަ ސީކްރެޓް ލައިފް އޮފް ޕެޓްސް 2

މިއީ 2016 ވަަނަ އަހަރު ނެރުުނު ދަ ސީކްރެޓް ލައިފް އޮފް ޕެޓްސްގެ ދެވަނަ ބައެެވެ. މި ފިލްމުގައި ގިނަ މަޖާ ކަންތައްތަކެއް ފެނިގެން ދާނެ ކަން ޓްރެއިލާ ބަލާލުމުންވެސް އެނގެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖުން މަހުގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355