twitterviber whatsapp telegramfacebookyoutube instagram
20th October 2019

ވެހިކަލުތައް ނެތިގެން ވެލިމަގުތައް ނުހެދި!

އަބްދުލް ވާހިދު ޙަސަން
Apr 3, 2019
3

ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެންވެސް ކުޅުދުއްފުށީގެ މަގުތައް އެއްވަރުކޮށް ހެދުމަށް އެކަމަށް ހާއްސަ ވެހިކަލުތަކެއް ހުރެ އެވެ. ވެހިކަލުތައް ގިނަވުމުގެ ސަބަބުން އަބަދުވެސް ވަޅުގަނޑުތައް ހެދި މަގުތައް އޮއްވަޅުގަނޑިޔަކަށް ބަދަލުވުމުގެ ކުރިން މަގުތައް ފަރުވާދެނީ މިވެހިކަލުތަކުންނެވެ. ހަމައެކަނި މަގުތައް އެއްވަރުކުރަނީއެއް ނޫނެވެ. މަގުތައް ހިރަފުސް ވުމުން ފެން ޖެހުމާއި ވިއްސާރަވެ ފެން ބޮޑުވުން ފެންގަނޑުތައް ހިންދުމުގައިވެސް މި ވެހިކަލުތަކުގެ ދައުރު ބޮޑެވެ. ޕަބުލިކް ވޯކްސްގެ ދަށުގައި ހުންނަތާ އެއްތަށް އަހަރުތަކެއްވެފައިވާ މި ވެހިކަލުތަކެއް މިހާރު މިރަށަކު ނެތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެ ވެހިކަލުތައް ވީ އެހެން ރަށަކަށް ގެންގޮސްފައި އެވެ. ގެންދިޔަ ގޮތަށް ބަޙަބަރެވެ. ކުޅުދުއްފުށީގެ ވެލިމަގުތައް އަޑިގުނޑަށްވެ މަގުތައް ނުހެދިހުރުމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެ އެވެ. އެ ވެހިކަލްތަކަކީ ހަމައެކަނި ކުޅުދުއްފުށީގައި ބޭނުންކުރަމުންދިޔަ ވެހިކަލުތަކެއްވެސް ނޫނެވެ. މުޅި ބޮޑުތިލަދުންމަތީގެ ރަށްތަކުގެ މަގުތަކާއި ބޯޅަދަނޑުތައް ފަދަ ތަންތަން ހެދުމަށް އެކި ދުވަސްވަރު މުވައްޒަފުންނާއެކު އެކި ދުވަސްވަރު ރަށަށްގެންގޮސްފައިވެ އެވެ.

ވެހިކަލުތައް ގިނަ ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ތާރުއަޅާފައިވީނަމަވެސް ގިނަ މަގުތަކެއް އަދިވެސް ހުރީ ތާރުނޭޅި އެވެ. ޓެކްސީ ޑްރައިވަރަކު ބުނީ މަގުތައް ނުހެދި ގިނަދުވަސްތަކެއް ވެފައިވާތީ ބައެއް މަގުތަކުން ދުއްވުމަކީ ވަރަށް އުނދަގޫ އަދި ވެހިކަލުތަކަށް ރައްކާތެރި މަގުތަކެއް ނޫން ކަމަށެވެ. އެކަމުގެ ޝަކުވާ ކައުންސިލުގައި އެކި ފަހަރުކޮށްފައިވާ ކަމަށް އެ ޑްރައިވަރު ބުންޏެވެ.

ވާރޭވެހިލާއިރަށް ފެންގަނޑު ނުހެދޭ އެންމެ މަގެއްވެސް މިރަށަކު ނޯނާނެ އެވެ. ޗަކަވެ، މަގުތައް ބޭނުންކުރުމަށް އެފަދަ ދުވަސްވަރު ދެ ގުނަ އުނދަގޫވެގެންދެ އެވެ. ރައްކާތެރިކަން ގެއްލި ބައެއް ފަހަރު އާންމުންނަށް ބޮޑެތި އަނިޔާތައްވެސް ވެފަ އެބަހުއްޓެވެ. ރައްޔިތުންނާ ބައްދަލުކޮށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މަގުހަދަން ބޭނުންކުރި ވެހިކަލުތައް ހޯދުމަށް އާ ސަރުކާރުގައި އެދިފައިވީނަމަވެސް އަދިވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ ކަހަލަ ރަށަކަށް އެފަދަ ވެހިކަލުތަކަކީ ވަރަށް މުހިންމު އެއްޗެހިތަކެއް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދައުލަތުގެ އެކި ފަރާތްތަކުގައިވެސް އެވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. ބަނދަރު ހަދައި ސަރަހައްދުން މަގުތަކަށް އަޅާނެ ވެހި ލިބިފައިވީނަމަވެސް މަގުތަކަށް ވެލި ނޭޅި ހުރީ އެ ވެހިކަލުތައް ނެތުމުން ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް ވިއްސާރަ މޫސުން އަންނަވާއިރަށް މަގުހަދަން ބޭނުންކުރާ ވެހިކަލް ނުލިބިއްޖެނަމަ މަގުތަކުގެ ބޭނުކުރުމުގައި ހީވެސް ނުކުރާފަދަ ނުރައްކާތެރި ހާލަތަކަށް ދާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355