twitterviber whatsapp telegramfacebookyoutube instagram
20th May 2019

ކުޅުދުއްފުށީގައި ދެމުންގެންދާ ކޭބަލު ޓީވީގެ އަގުތަކަށް ހެޔޮ ބަދަލެއް!

އިބްރާހިމް ހަމީދު
Apr 4, 2019

މީޑިއާނެޓާއި ޗޮއިސް އެންޑް ޕުލަސްއާ ގުޅިގެން ކުޅުދުއްފުށީގައި ދެމުންގެންދާ ކޭބަލް ޓީވީގެ ހިދުމަތުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މީގެ ކުރިން 300 ރުފިޔާއަށްދޭ ބޭސިކް ޕެކޭޖް މިހާރު 250 ރުފިޔާއަށް ލިބެން ހުރިއިރު 445 ރުފިޔާގެ ފެމެލީ ޕެކޭޖްތައް 320 ރުފިޔާއަށް ބަދަލުކުރެވިފައިވާއިރު 636 ރުފިޔާއަށްދެމުންދިޔަ ހުރިހާ ޗެނެލްތަކުގެ ޕެކޭޖްވެސް މިހާރު 480 ރުފިޔާއަށް އަގުހެޔޮ ކުރެވިފައި އެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް ލޯކަލްޕެކޭޖް ހިދުމަތް ލިބޭނީ 150 ރުފިޔާއަށެވެ.

ޕްރިމިއަމް ނަމުގައި 380 ރުފިޔާއަށް 84 ޗެނެލް ހިމެނޭ ޕެކޭޖެއް ތައާރަފް ކުރެވިފައިވާކަމަށާއި އަދި މީގެ އިތުރުން ވެރެއަޓީ ޕުލަސްގެ ނަމުގައި 110 ރުފިޔާ އިތުރަށް ދެއްކުމުން 250 ރުފިޔާއިން މަތީގެ ކޮންމެ ޕެކޭޖަކަށް 26 ޗެނެލް އިތުރު ކުރެވިގެން ދާނެކަމަށް މީޑިއާނެޓުން ހާމަކުރެ އެވެ.

މީޑިއާނެޓްގެ ޕީއާރު މެނޭޖަރ ޝިއުނާ ވިދާޅުވީ ކޮންމެ އަހަރަކު ރަމަޟާންމަހު ރާއްޖޭގެ މީޑިއާނެޓުގެ ހިދުމަތް ހޯއްދަވާ ހުރިހާފަރާތްތަކަށް މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި މާރޗު މަހުންފެށިގެން މެއިމަހުގެ 28 ގެނިޔަލަށް އަގުހުރި އިނާމުތަކެއް ކަނޑައެޅިފައިވާ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިއަހަރު ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި އެއްވަނަ އިނާމެއްގެ ގޮތުގައި ދެމީހަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށާއި އަދި ދެވަނަ އިނާމެއްގެ ގޮތުގައި 65 އިންޗީގެ ޔޫއެޗްޑީ ޓީވީއެއް ތިންވަނަ އިނާމެއްގެ ގޮތުގައި ސަމްސަންގް އެސް ޕުލަސް 10 ގެ ފޯނެއް 6 މަސްދުވަހުގެ އޯޕަން މައިޓީވީ ސަބްސް ކުރައިބާއެކު ލިބިގެންދާނެކަމަށެވެ.

1 ވަނަ އިނާމުގެ ނަސީބުވެރިޔާ ހޮވާނީ ވޯންޓް އިޓް އޯލް އަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކުގެ މެދުގައި ކަމަށާއި 2 ވަނަ އަދި 3 ވަނަ އިނާމުގެ ނަސީބުވެރީން ހޮވާނީ ފެމެލީ ޕެކޭޖުން މަތީ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރައްވާފައިވާ ފަރާތްތަކުގެ މެދުގައި ކަމަށާއި ދެމަހަށް މީޑިއާނެޓުން ކުރިއަށް މިގެންދާ މިޕްރޮމޯޝަންގައި ނަސީބުވެރީން ކޮންމެމަހަކުވެސް އައިސްޓީވީ މެދުވެރިކޮށް ލައިވްކޮށް ހޮވާނެކަމަށާއި ލަކީޑްރޯ ނަގާ ދުވަހާއި ވަގުތު ހަމަޖެހުމުން އެފަރާތްތަކަށް މީޑިއާނެޓް މެދުވެރިކޮށް އަންގާލަ ދޭނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355