twitterviber whatsapp telegramfacebookyoutube instagram
26th April 2019

ހުޅުވިތާ 6 މަސް، އަދިވެސް ހިދުމަތެއް ނުލިބޭ!

އަބްދުލް ވާހިދު ޙަސަން
Apr 14, 2019
4

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުޙާނާގެ މަސައްކަތް ނިންމާ، އެތަން ރައީސް ޔާމީން ހުޅުވައިދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސް ޔާމީން އެތަން ހުޅުވައިދެއްވީ ކުޅުދުއްފުށީ އެއާޕޯޓް ހުޅުވައިދެއްވުމަށް ވަޑައިގަތް އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެއިމާރާތް ހުޅުވައިދެއްވިއިރު އެތަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާފައެއްވެސް ނުވެ އެވެ.

އެއާޕޯޓްވެސް ހުޅުވައިދެއްވީ ހަމައެކަނި ރަންވޭގެ މަސައްކަތް އެކަނި ނިންމާފަ އެވެ. ހަމަ އެގޮތަށް ފެން ބަންދުކުރާ ކާރުހާނާ ނުވަތަ ބޮޓަލިން ޕްލާންޓަށްވެސް މިއީ އެވަރެވެ. މަސައްކަތް ނިންމާ ނުލައި ހުޅުވުމުގެ ނަތީޖާއަކަށްވީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަކަށެވެ.

ފުޅީގައި ފެން ބަންދުކުރާ ކާރުޙާނާ ހުޅުވިތާ ފުރިހަމަ 6 މަސްވެގެން ދިޔައިރުވެސް އެތަނުގެ ހިދުމަތް ރައްޔިތުންނަކަށް ލިބޭވަރެއް ނުވެ އެވެ. މުވައްޒަފުން ނަގައި، ވަޒީފާއަށް ނިކުންނަމުންދާތާ ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް މި ކާރުޙާނާގެ ހިދުމަތް ލިބެން ފަށާފައިނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކުޅުދުއްފުށީގެ ވިޔަފާރިވެރިޔަކު ބުނީ ކާރުޙާނާ ހުޅުވިގެން ދިޔުމުން އުންމީދުކޮށްގެން ތިބީ އަވަސް މުސްތަގުބަލެއްގައި ހެޔޮއަގުގައި ފެން ގަންނަށް ލިބޭނެކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް ފެން އުއްފަދާ ވިއްކަން ނުފެށުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސްގެ ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މިތަނުގެ ހިދުމަތް ލިބެން ފެށުމުން ފެންފުޅީގެ އަގު ބޮޑުތަނުން ކުޑަވާނެކަމަށް އެމްޑަބުލިއުއެސްސީގެ އޭރުގެ އެމްޑީ އިބުރާހިމް ފަޒުލް ވަނީ ވިދާޅުވެފަ އެވެ.

މިތަނުގެ ހިދުމަތް ވީހާވެސް އަވަހަކަށް ލިބި ފުޅީގައި ބަންދުކުރާ ފެނުގެ އަގުހެޔޮވެގެންދިޔުމަކީ މިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކުރާ އުންމީދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355