twitterviber whatsapp telegramfacebookyoutube instagram
20th October 2019

ގެސްޓް ހައުސްތަކަށް ހާއްސަ މާކެޓިން ސެމިނާއެއް ހަނިމާދޫގައި ބާއްވަނީ

ޚަދީޖާ އާދަމް
Apr 13, 2019

އެމްއެމްޕީއާރުސީއާއި މޯލްޑިވްސް ގޭޓްވޭސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ގެސްޓް ހައުސްތަކަށް ހާއްސަ މާކެޓިން ސެމިނާއެއް ހަނިމާދޫގައި ބާއްވުމަށް ހަމަޖެހިއްޖެ އެވެ.

މި މަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާގައި ގެސްޓް ހައުސްތައް މާކެޓްކޮށް، ހިންގާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ސެމިނާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ގެސްޓްހައުސް ދާއިރާ ތަރައްގީކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކަށް މާކެޓިން ޕްރޮގްރާމްތަކެއް ހިންގަން އެމްއެމްޕީއާރުސީން މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްފައިވަނީ މިދިޔަ މަޗު މަހު އެއް ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުގައި މާޗު 19 އިން މެއި މަހު 20 ގެ ނިޔަލަށް ސެމިނާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެތެރޭގައި އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލެ ހިމެނެއެވެ. މޯލްޑިވްސް ގެޓަވޭސްއަކީ ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ޕްރޮމޯޓް ކުރަން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އެއް ފަރާތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު މުޅިރާއްޖޭގައި 521 ގެސްޓްހައުސް ހިންގަމުންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355