twitterviber whatsapp telegramfacebookyoutube instagram
20th October 2019

ރަހިމުގެ ދޮރަށާއި އުރަމައްޗަށް ޖެހޭ ކެންސަރަށް ސްކްރީންކުރުމަށް ގިނަ ބަޔަކު ނަންނޯޓްކޮށްފި

ޚަދީޖާ އާދަމް
Apr 14, 2019

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށި ގުޅިގެން ކުޅުދުއްފުށީގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިމަހު 16 އިން 17 އަށް ހދ އެޓޯލް ހެލްތު ސާރވިސަސް ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ އެވެ.

މި އަހަރު ޖެނުއަރީމަހު މި ޕްރޮގްރާމަށް ނަން ނޯޓު ކުުރުމަށް ހުޅުވާލި ފުރުސަތުގައި 410 މީހުން ނަންނޯޓު ކޮށްފައިވާކަމަށް ހެލްތު ސާވިސަސް އިން މައުލޫމާތު ދެއެެވެ.އެގޮތުން އުރަމަތީ ކެންސަރަށް ޓެސްޓް ކުރުމަށް ޖުމްލަ 396 މީހުން ނަން ނޯޓް ކޮށްފައިވާއިރު ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް ހަދާ ވީއައިއޭ ޓެސްޓު ހެދުމަށް 262 މީހުން އަދި ޕެޕް ޓެސްޓު ހެދުމަށް 66 މީހުން ނަން ނޯޓް ކޮށްފައިވެ އެވެ.

މި ޕްރޮގްރާމުގައި އުރަމަތި ކެންސަރަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނުންނެވެ.

އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ދެ ވައްތަރެއްގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު، ވިޝުއަލް އިންސްޕެކްޝަން ވިތް އެސެޓިކް އެސިޑް (ވީއައިއޭ) ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50-30 އަހަރާ ދެމެދު އަންހެނުންނެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ޕެޕް ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަންހެން ބޭފުޅުންނެވެ.

މި ސްކްރީން ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުން ގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓްގެ މުވައްޒަފުން އަމަލީ ގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355