twitterviber whatsapp telegramfacebookyoutube instagram
26th April 2019

ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ނޮޅިވަރަންފަރު ފޮލިސް ސްޓޭޝަނުން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ނަބީލާ އިސްމާޢީލް
Apr 15, 2019

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ހާއްސަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިހަރަކާތްތަކުގައި ނޮޅިވަރަމްފަރު ސްކޫލާއި ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ 12 އަހަރުން ދަށުގެ ދަރިވަރުންގެ މެދުގައި ހޭންޑް ބޯލް މެޗަކާއި ފުޓްބޯޅަ މެޗެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި އެ ދެ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަދި ކުށުގެ މާހައުލުން ދަރިވަރުން ދުރުހެލި ކުރުވުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ކިޔަވައިދިނުމުގެ ހުނަރުތަކާއި ގުޅޭގޮތުން އަފީފުއްދީން ސްކޫލާއި ނޮޅިވަރަންފަރު ސްކޫލްގެ މުދައްރިސުންގެ މެދުގައި ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ނޮޅިވަރަމްފަރު ސްކޫލާއި އެ ދެ ސްކޫލްގެ ބެލެނިވެރިންނާއި އަދި ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަނުން ކުރިއަަށް ގެންދިޔަ މި ހަރަކާތްތަކުގައި އެ ދެ ސްކޫލްގެ އިސް ވެރިންނާއި މުދައްރިސުންގެ އިތުރުން ގިނައަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355